ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޔޫކޭއިން އަނެއްކާވެސް ކޮވިޑްގެ އާވައްތަރެއް

އިނގިރޭސިވިލާތުން އަނެއްކާ ވެސް ކޮރޯނާވައިރަހުގެ އާވައްތަރެއް ފެނިއްޖެ އެވެ. ޔޫކޭއިން މީގެ ކުރިން ވެސް ވަނީ ކޮވިޑްގެ އާވޭރިއަންޓެއް ފެނިފަ އެވެ. މިކަމާ ގުޅިގެން ސައިންސްވެރިން މިހާރު ބުނަނީ ކޮރޯނާވައިރަހަކީ މޫސުމާ ގުޅިގެން ވެސް ބަދަލުވަމުން، "މިއުޓޭޓް"ވަމުން އަންނަ ވައިރަހަކަށް ވެދާނެ ކަމަށެވެ.

ޔޫކޭއިން މިފަހަރު ފެނިފައިވަނީ ސައުތު އެފްރިކާ ވޭރިއަންޓާ ދާދި އެއްގޮތް ވައިރަހެއް ކަމަށް ސައިންސްވެރިން ބުނެ އެވެ. އަދި މިވައްތަރުގެ މިޒާޖު އަދި ދެނެގަނެވިފައި ނުވާ ކަމަށާއި މިއީ ބޮލަށް އުނދަގޫވާ ޒާތަކަށް މިއުޓޭޓްވާ ވައްތަރެއް ކަމަށެވެ.

އެޑިންބަރާ އުނިވާސިޓީން ހޯދިހޯދުމުން މިހާތަނަށް މިވައްތަރުގެ 38 ކޭސް ފެނިފައިވެ އެވެ. އެއީ ވޭލްސްއިން ދެކޭސް އަދި އިންގްލޭންޑުން 36 އެވެ. ޑިސެމްބަރުން ފެށިގެން ނަގާފައި ހުރި ސާމްޕަލްތަކުން ވެސް މިވައްތަރު ފެނިފައިވާ ކަމަށްވެ އެވެ.

ކޮވިޑްގެ އޮރިޖިނަލް ވޭރިއަންޓާއެކު ޔޫކޭއިން މިހާތަނަށް ތަފާތު ތިން ވައްތަރެއް މިވަނީ ފެނިފަ އެވެ. އެހެން ނަމަވެސް ފަހުން ފެނިގެން އުޅޭ ވައްތަރު ޑެންމާކް، ނައިޖީރިއާ އަދި އެމެރިކާއިން ވެސް ފެނިފައިވާ ކަމަށްވެ އެވެ. ތަޖުރިބާކާރުން މިހާރު ކުރާ މަސައްކަތަކީ މިވައިރަސް ފެތުރޭ ގޮތާއި ކޮންޓްރޯކްކުރާނެ ގޮތް ހޯދައި ދިރާސާކުރުމެވެ.

މިއީ އަދި ކިހާ ކަނބޮޑުވުމެއް އޮތް ވޭރިއަންޓެއްކަން ނޭނގޭ ކަމަށް ސައިންސްވެރިން ބުނެ އެވެ. ކަންބޮޑުވާންޖެހޭ ސަބަބުތަކެއް ހުރެދާނެ ކަމަށް ބަލައި ވަކި ގޮތަކަށް ނިންމާފައި ނެތް ނަމަވެސް ސަމާލުވާންޖެހޭ ލިސްޓަށް މިވޭރިއަންޓް މިހާރުވަނީ އިތުރުކޮށްފަ އެވެ.

އަލަށް އުފެދި ފެތުރެމުން އަންނަ ވައިރަހާ ބެހޭ ގޮތުން ސަރުކާރަށް އިރުޝާދުދެއްވާ ޕްރޮފެސަރު ރަވީ ގުޕްތާ ވިދާޅުވި ގޮތުގައި އަލަށް ފެންނަމުން އަންނަ ވައްތަރުތައް މިއުޓޭޓްވަނި ދާދި އެއްގޮތަކަށެވެ. ހުރިހާ ވައިރަހުގައި ވެސް އާންމު އެއް ސިފަތަކެއް ހުރި ނަމަވެސް ކަންބޮޑުވާންޖެހެނީ ފެތުރިގަންނާނެ ވަކި ގޮތެއް ނޭނގޭތީ އެވެ.

ކޮވިޑްގެ އާވައްތަރުތަކާ މެދު ތަޖުރިބާކާރުންގެ ކަންބޮޑުވުމަކީ ވެސް އަވަހަށް ފެތުރިގަތުމާއި އެއްފަހަރާ ގިނަބަޔަކަށް ބަލިޖެހުމެވެ. އަދި ފަރުވާކުރުމުގައި ވައްތަރު ތަފާތުވުމުން ބޭހަށާއި ވެކްސިނަށް ގުޑުވާނެ ގޮތް ދެނަގަތުން ލަސްވުމެވެ. އެހެންކަމުން މިހާރުން މިހާރަށް ނިންމަޖެހިފައި ވަނީ ޓެސްޓްކުރުން އިތުރުކުރުމާއި ކޮންޓެކްޓް ޓްރޭސިން ކަމަށް މާހިރުން ވިދާޅުވެ އެވެ.

އާވައްތަރުތައް ގިނަވުމަކީ ސިއްހީ މާހިރުން ދެކެލައްވާ ގޮތުގައި ވެކްސިން ޕްރޮގްރަމްތަކަށް ވެސް ބްރޫރައަރާފާނެ ކަމެކެވެ. އަދި ވެކްސިނުން މާބޮޑު ރާހަތެއްނުކޮށްފާނެ ކަމަށް އޮތް ބިރަކީ ވެސް ވަރަށް ބޮޑު ފިކުރެކެވެ. އެހެން ނަމަވެސް، ވައިރަސް ކޮންޓްރޯލްކުރުމަށް ހީކުރެވޭ ވަރަށް ވުރެ ވެސް ލުއި ގޮތްތަކެއް ފެނުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.