ރާއްޖޭގައި ކުރާ ވިޔަފާރިތަކުން ލިބޭ ފައިސާގެ ބޮޑު ބައެއް ރާއްޖޭގެ ފައިނޭންޝިއަލް ސިސްޓަމަށް ވަންނަމުންނުދާތީ އެކަމަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ފިޔަވަޅުތައް އަޅަން މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ހުށަހެޅުއްވި ގަރާރުގައި ވަނީ ރާއްޖޭގެ ސަރަހައްދުގައި ކުރާ ހުރިހާ ވިޔަފާރީގެ ސޭލްސްއިން ވަންނަ ފައިސާއާއި އެ ވިޔަފާރިން ލިބޭ އެންމެހާ އާމްދަނީ ރާއްޖޭގެ ފައިނޭންޝިއަލް ސިސްޓަމަށް ވަންނަކަން ކަށަވަރު ކުރުމަށް އެދިފައެވެ.
އެ ގަރާރުގައި އެންމެ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތީ ރާއްޖެއިން ބޭރުގެ ޕީއޯއެސްތައް މިހާރުވެސް ރާއްޖޭގައި ބޭނުން ކުރާ މައްސަލަ އެވެ. ގަރާރުގައި އެދިފައިވަނީ އެމްއެމްއޭއިން ހުއްދަ ދީފައިވާ ބޭންކުތަކުން ދޫކުރާ ޕީއޯއެސްތައް ނޫނީ ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ ނުދިނުމަ ށެވެ.
ރާއްޖެ އަންނަ ފަތުރުވެރިން ހަދާ ބުުކިންސްތައްވެސް ބޭރުގެ ބޭންކްތަކަށް ވަންނާތީ އޭގެ ސަބަބުން ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބެން ޖެހޭ އާމްދަނީ ގެއްލޭކަން ވެސް ގަރާރުގައި ފާހަގަކޮށްފައި ވެއެވެ.
އެހެންކަމުން އެކަމާ ގުޅޭ ގާނޫނުތައް އިސްލާހްކޮށް، އާ ގާނޫނުތަކަށް ހަދަން ޖެހޭ ނަމަ އެކަންވެސް ކޮށްގެން އެ މައްސަލަ ހައްލުކުރަން ގަރާރުގައި ގޮވާލައެވެ.