އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ހައި ރިސްކް މީހުންނަށް ކޮވިޑް-19 ވެކްސިން ދޭން މިއަދު ފަށައިފި އެވެ.
އެޗްޕީއޭ އިން ބުނީ، މިއަދު މި އުމުރުފުރާގެ އިތުރުން 35 އަހަރުން މަތީގެ މީހުންނަށް ވެސް މިއަދު ވެކްސިން ދެމުން އަންނަ ކަމަށެވެ.
ކުރިން ވެކްސިން ދެމުން އައީ 40 އަހަރުން މަތީ މީހުންނަށް އެކަންޏެވެ. އަދި އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުންނަށެވެ.
މާލޭ ސިޓީގައި އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. އަދި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ދަނީ ވެކްސިން ޖަހައިދެމުންނެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ އަށް ސެންޓަރުހުރިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 48 ސެންޓަރަކުން އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.
މިހާތަނަށް 56،000 ވުރެ ގިނަ މީހުން ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.