އިއްޔެ ތަސްދީގު ކުރި ޓެރަރިޒަމް މަނާ ކުރާ ގާނޫނު ރިވިއުކޮށް ހައްގު ހޯދައި ދިނުމުގައި ހުރަސް ނޭޅޭ ގޮތަށް ގާނޫނު އިސްލާ ކުރަން ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފ އެވެ.
މިދިއަ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް އިއްޔެ ރައީސް ތަސްދީގު ކުރެއްވި ގާނޫނާ ގުޅިގެން އެޗްއާރްސީއެމުން ވަނީ މިއަދު ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ބުނަނީ އަލަށް ފާސްކޮށް ތަސްދީގު ކުރި ޓެރަރިޒަމް މަނާކުރާ ގާނޫނުގައި ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އިންސާނީ ހައްގުތައް ހަނި ކުރެވިފައިވާ ކަމަށް ތަފާތު އެކިފަރާތްތަކުން ފާހަގަ ކުރަމުންދާ ކަމަށެވެ. އަދި އެހެންވެ ގާާނޫނު އަލުން ރިވިއުކޮށް ރައްޔިތުންން ހައްގު ހޯދައި ދިނުމުގައި އެއްވެސް ހުރަހެއް ނޭޅޭ ގޮތަށް ގާނޫނު އިސްލާ ކުރަން އިލްތިމާސް ކުރާ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ ޓެރަރިޒަމް މަނާ ކުރާ ބިލް ފާސްވެ ގާނޫނަކަށްވުމުގެ ކުރިން ބިލުގައި ބަޔާންކުރާ ކަންތައްތަކުގެ ތެރެއިން މި ކޮމިޝަނުން ކަންބޮޑުވާ ކަންކން ފާހަގަކޮށް ބަންޑާރަނައިބު އޮފހަށް މިއަހަރުގެ އޭޕރީލް 15 ގައި ފޮނުވާފައިވާނެ ކަމަށެވެ.
"... ޓެރަރިޒަމް މަނާ ކުރާ ގާނޫނެއް އެކުލަވައިލުމުގެ މުހިންމުކަން މި ކޮމިޝަނުން ފާހަގަ ކުރާ ހާލު، ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނެއް އެކުލަވައިލުމުގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ގާނޫނުއަސާސީ އާއި ގާނޫނުތަކުން އަދި ރާއްޖެ ބައިވެރިވާ ބަނައިބަލްއަގުވާމީ މުއާހަދާތަކަށް ރިއާޔަތްކޮށް މި ކޮމިޝަނުން ވަނީ އޭޖީއަށް ކަރުދާހެއް ފޮނުވާފަ އެވެ،"
ނަމަވެސް ކޮމިޝަނުގެ ހުށަހެޅުންތަކަށް ރިއާޔަތް ކުރުމެއް ނެތި މި ބިލް ފާސްވެ ގާނޫނަކަށް ވގެން ދިޔަ ކަމީ އެ ކޮމިޝަން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ބުނެފައި ވަނީ މިފަދަ ގޮތަކަށް ބލެއް ފާސްވެ ގާނޫނަކަށް ވެގެން ދިއުމަކީ ރައްޔިތުންގެ ހައްގުތައް ހޯދައި ދިނުމުގައި އެ ކޮމިޝަނުން ކުރާ މަސައްކަތްތަކަށް ކުރިމަތިވާނެ ވަރަށް ބޮޑު ގޮންކެހުމެއް ކަމަށެވެ.