ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ހުކުރު ދުވަހު ވެކްސިން ޖެހުން ނޯންނާނެ

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު ހުކުރު ދުވަހު ވެކްސިން ޖެހުން ނޯންނާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. 18 ދުވަހަށް ފަހު ވެކްސިން ޖެހުން މާދަމާ ނޯންނާނެ އެވެ. އެޗްޕީއޭއިން ބުނީ ދެން ވެކްސިން ޖަހަން ފަށާނީ ހޮނިހިރު ދުވަހު ކަމަށެވެ.

މިހާތަނަށް 64،048 މީހަކު ކޮވިޑް ވެކްސިން ޖަހާފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. މިއަދު ވަނީ 7،818 މީހަކަށް ވެކްސިން ދީފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ދިން 5،998 މީހަކާއި އަތޮޅުތަކުން ވެކްސިން ދިން 1،820 މީހެކެވެ. ރިސޯޓްތަކުން 219 މީހަކަށް ވަނީ ވެކްސިން ދީފައެވެ.

މިހާތަނަށް މާލެ ސަރަހައްދުން 49،836 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 14،212 މީހަކަށް ވެކްސިން ދީފައިވެއެވެ.