ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި އިތުރު މަރެއް

ކޮވިޑް-19 ބަލި، ޖެހިގެން އިތުރު މީހަކު ރާއްޖެއިން މަރުވެއްޖެ އެވެ.

ކޮވިޑް ޖެހި، ސަރުކާރުގެ މައި ހޮސްޕިޓަލް، ދަރުވަމަންތަ ހޮސްޕިޓަލް (ޑީއެޗް) ގައި ފަރުވާ ދެމުން ދަނިކޮށް މަރުވީ 63 އަހަރުގެ އަންހެނެ ކެވެ. އޭނާ މަރުވީ ރޭ މެންދަމު 1:04 އެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި މަރުވި 59 ވަނަ މީހާ އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު ރާއްޖޭގައި ފަހަަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު އެޑްމިޓް ކުރާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 168 މީހަކަށް މިހާރުވެސް ދަނީ ފަރުވާ ދެމުން ނެވެ.

ކޮވިޑް ޖެހިފައިވާ 18،340 މީހުން މިހާތަނަށް ރާއްޖެއިން ވަނީ ފެނިފަ އެވެ.