ހަބަރު

ހުސައިން ވަހީދަށް ސްޓޭޓް މިނިސްޓަރުކަން ދިނުމުން އެމްޑީޕީން އޭސީސީއަށް

Oct 29, 2015
2

ފުލުސް ކޮމިޝަނާ ކަމުން ވަކިކޮށް ހުސައިން ވަހީދަށް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން އޮފް ދަ މޯލްޑިވްސް (އޭސީސީ) އަށް އެމްޑީޕީން ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ވެބްސައިޓްގައި ބުނެފައި ވަނީ ފައިސާގެ ނުފޫޒު ފޯރާފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެވި ޕޮލިސް ކޮމިޝަނަރުގެ މަގާމުން ވަކިކޮށް ހައުސިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަކު ކުރުމަކީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށާއި އެ މައްސަލަ ބަލައި ދިނުމަށް އެދިފައިވާނެ ކަމަށެވެ.

"... ހުސެއިން ވަހީދުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވި ޕޮލިސް ކޮމިޝަނަރުގެ މަގާމުން 23 އޮކްޓޫބަރު 2015ގައި ވަނީ ވަކިކުރައްވާފައެވެ. ހުސެއިން ވަހީދު މަގާމުން ވަކިކުރައްވާފައިވާއިރު، ފުލުހުންގެ މުއައްސަސާގެ އިސް ވެރިން ނައިބު ރައީސް އަހްމަދު އަދީބުގެ ނުފޫޒުގެ ދަށުގައި ތިއްބެވިކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ ވަސީލަތްތައް އެމްއެމްޕީއާރްސީގެ ބަޖެޓުން ހަމަޖައްސާފައިވާކަން ފަޅާއަރާފައިވާ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. ނަމަވެސް 23 އޮކްޓޫބަރު 2015ގައި ހުސެއިން ވަހީދު މިވަނީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަޤާމް ދެއްވާފައެވެ." އެމްޑީޕީގެ ވެބްސައިޓްގައި ވެއެވެ.