ރަންބީރު ކަޕޫރު

"އެނިމަލް"ގައި ރަންބީރުގެ ލޯބިވެރިޔާ އަކީ ޓްރިޕްތީ

ރަންބީރް އަދި ޓްރިޕްތީ
0%
0%
0%

ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކޮށް ރަންބީރު ކަޕޫރު ބަތަލުގެ ބައި ކުޅޭ "އެނިމަލް" ގައި ރަންބީރުގެ ލޯބިވެރިޔާގެ ރޯލަށް ތްރިޕްތީ ޑިމްރީ ހަމަޖެހިއްޖެ އެވެ. މި ފިލްމުގައި ރަންބީރުގެ ބައްޕަގެ ރޯލު ކުޅޭނީ އަނިލް ކަޕޫރެވެ. އަދި އަންހެނުންގެ ރޯލު ކުޅޭނީ ޕަރިނީތީ ޗޯޕްޅާ އެވެ.

"އެނިމަލް" އުފައްދާ ފަރާތުން ބުނަނީ މިއީ ވަރަށް ވަރުގަދަ ގޭންގްސްޓާ ފިލްމެއް ކަމަށެވެ.

މި ފިލްމުގައި ރަންބީރަކީ ކައިވެނިކޮށްގެން އުޅޭ ސައިކޯ ގޮތްތަކެއް ހުންނަ މީހެކެވެ. ޓްރިޕްތީ އަކީ ރަންބީރުގެ މިސްޓްރެސް އެވެ. ޓްރިޕްތީ އުޅެނީ ރަންބީރުގެ މުއްސަނދިކަމުން ފައިދާ ހޯދާށެވެ.

މި ފިލްމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭ ފެށުމަށްފަހު އަންނަ އަހަރުގެ ހޫނުމޫސުމުގައި ރިލީޒްކުރަން ވަނީ ހަމަޖެހިފަ އެވެ.

ރަންބީރު މިވަގުތު ބިޒީކޮށް އުޅެނީ ހަގީގީ ލޯބިވެރިޔާ އާލިއާ ބަޓް އާއެކު ކުޅޭ "ބްރަހްމަޝްތުރާ"ގެ މަސައްކަތް ނިންމުމަށާއި ޝްރައްދާ ކަޕޫރާއެކު ކުޅޭ ލަވް ރަންޖަން ޑައިރެކްޓްކުރާ ފިލްމެއްގެ މަސައްކަތުގަ އެވެ. މި ފިލްމުގެ އެއް ޝެޑިއުލް ނިމިފައިވާއިރު ދެ ވަނަ ޝެޑިއުލް މާޗުން ފެށިގެން ނިއުދިއްލީގައި ކުރިޔަށް ދާނެ އެވެ. އަދި އިންޑިޔާ އިން ބޭރުގެ ގައުމެއްގައި ވެސް ޝޫޓިން ޝެޑިއުލެއް ފުރިހަމަ ކުރާނެ އެވެ.

"ބުލްބުލް"ފަދަ ފިލްމުތަކުގައި މޮޅަށް އެކްޓްކޮށްފައިވާ ޒުވާން ބަތަލާ ޓްރިޕްތީ އަކީ މިހާރު ކަރަން ޖޯހަރްގެ ޓެލެންޓް އެޖެންސީން ލޯންޗުކުރި ހަތަރު އެކްޓަރުންގެ ތެރޭގައި ހިމެނުނު ހަމަ އެކަނި ބަތަލާ އެވެ. މީގެ ފަހުން ޓްރިޕްތީގެ ކެރިއަރުގެ ހުރިހާ ނިންމުމެއް ނިންމާނީ މި ޓެލެންޓް އެޖެންސީންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345