މިއަންމާގައި އަސްކަރީ ސަރުކާރާ ދެކޮޅު ހެދުމަށް މަގުތަކަށް ނުކުތް އާންމުގެ ތެރެއަށް ފުލުން ބަޑިޖެހުމުގެ ސަބަބުން ޒުވާން އަހެނެއްގެ ބޮލަށް ވަޒަންއަރައި މަރުވެއްޖެ އެވެ. ވެރިރަށް ނޭޕީޓޯގައި ސިފައިން ވަނީ އާންމުންގެ އެއްވުންތައް ރޫޅާލުމަށް ޕްރެޝަރުގައި ފެންޖަހައި، ރަބަރު އުންޑަ އާއި އަސްލު ވަންޒަން ބޭނުން ކޮށްފަ އެވެ.
މިއާ ތްވެ ތްވެ ކައިން 20، މަރުވެފައި ވަނީ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. އެއިރުވެސް ޑޮކްޓްރުން ވިދާޅުވި ކަމަށް އާއިލާއިން ބުނީ ދިރި އޮންނާނެ ކަމުގެ އުންމީދެއް ނެތް ކަމަށެވެ. އޭނާ މަރުވީ 10 ދުވަސް ވަންދެން ލައިފް ސަޕޯޓްގައި އޮތުމަށް ފަހު އެވެ.
"މިއަންމާ ސިފައިންނާ ފުލުހުން އެ ހިންގަނީ ގަތުލުއާންމެއް،" ހިއުމަން ރައިޓް ވޮޗްގެ ޑިޕިއުޓީ އޭޝިއާ ޑައިރެކްޓާ، ފިލް ރޮބާޓްސަން ވިދާޅުވި އެވެ. "މިއާ ތްވެ ތްވެ ކައިންގެ މަރަށް އެމީހުންނަށް އުގޫބާތް އޮންނަން ޖެހޭނެ"
މިއާ ތްވެ ތްވެ ކައިންގެ ބޮލަށް ވަޒަންއެރި ވީޑިއޯއިން ފެންނަނީ ފުލުންގެ ޕްރެޝަރު ފެންބަޑިތަކުން ސަލާމަތްވުމަށް އެނާ ދުރަށްޖެހިލާތަނުން ވެއްޓޭ މަންޒަރެވެ. އެއީ އޭނާ އަޅައިގެން އިން ހެލްމެޓް ފޫދުއްވާލާފަ ބޮލަށް ވަޒަންއެރުމުންނެވެ.
"ބައިނަލްއަގްވާމީ ޖަމާއަތުން މިއަންމާ ހުއްޓުވަންޖެހިފައި މިއޮތީ،" ރޮބާޓްސަން ވިދާޅުވި އެވެ. "އަސްކަރީން އަނިޔާވެރިކަން ތަފުސީލްކުރަން ވަކިއިތުރު ލަފުޒުތަކެއް ނެތް. އެމީހުން ޝަރީއަތަށް ހުށަހެޅެންޖެހޭ"
މިއަންމާގައި މަދަނީ ވެރިކަން ވައްޓާލައި އަސްކަރީން ނިކުތް ފަހުން މުޅި ގައުމު ވަނީ ރޫޅިފަ އެވެ. އާންމުން މަގުތަކަށް ނިކުމެ މަގުތައް ބަންދުކޮށް ފުލުންހުންނާ ދެކޮޅުހަދަމުން ދާއިރު މިއީ ރެކޯޑް ކުރެވިފައިވާ ފުރަތަމަ މަރެވެ.
ދުނިޔޭގެ ބިއަ ގައުމުތަކުން މިކަމާ ކަންބޮޑުވާ ކަމަށް ބުނި ނަމަވެސް އަވަސް އަދި އަމަލީ ފިޔަވަޅުތަކެއް އަޅާތީ ނުފެނެ އެވެ. އެހެން ނަމަވެސް އެކިއެކި ޖަމާއަތްތައް މެދުވެރިކޮށް މިއަންމާ މަތަކުރެވޭތޯ މަސައްކަތްކުރާ ކަމަށް ވަނީ ބުނެފަ އެވެ.