ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބިދޭސީން ވެކްސިނަށް ރަޖިސްޓާވާން ހުޅުވާލައިފި

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ކޮވިޑް-19 ވެކްސިން ޖަހަން ރަޖިސްޓްރީ ވާން ހުޅުވާލައިފި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ، ވޯކް ޕާމިޓް ލިބިފައިވާ ބިދޭސީ މުވައްޒަފުންނަށް މިހާރު "މައި ހެލްތް ޕޯޓަލް" މެދުވެރިކޮށް ވެކްސިން ޖަހަން ރަޖިސްޓާ ވެވޭނެ ކަމަށެވެ.

ވެލިޑް ވޯކް ޕާމިޓް ނެތް ބިދޭސީ މަސައްކަތްތެރިން މޯލްޑިވްސް ރެޑްކްރެސެންޓް މެދުވެރިކޮށް ރަޖިސްޓާ ވެވޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖޭގައި އެކި އުމުރުފުރާތަކަށް ބަހާލައިގެން ވެކްސިން ޖެހުން ކުރިއަށްދާއިރު މިއަދު ހާއްސަކުރެވިފައި ވަނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ހައި ރިސްކް މީހުންނާއި 35 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށެވެ.

މިހާތަނަށް މާލެ ސަރަހައްދުން 49،836 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 14،212 މީހަކަށް ވެކްސިން ދީފައިވެއެވެ.