ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެޗްއީއޯސީއިން ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މަސައްކަތް ކުރާ ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްއީއޯސީގެ ރަސްމީ މަސައްކަތް ހިނގަނީ ދަރުބާރުގޭގައެވެ. މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެޗްއީއޯސީގެ ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުންޏެވެ. އެ މީހުން ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން ދަރުބާރު ގޭގައި ރައްކާތެރިކަމުގެ އިތުރު ފިޔަވަަޅުތައް ވަނީ އަޅާފައެވެ.

އަދި ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންގޮސް ކޮންޓެކްޓްވީ މީހުން ވަނީ ކަރަންޓީން ކޮށްފައެވެ.

އެޗްއީއޯސީގެ ބޮޑު އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެއެވެ.