ޕްރިމިއާ ލީގް

އެންފީލްޑްގައި އެވަޓަން ގަރުނުގެ ފުރަތަމަ މޮޅު

ލިވަޕޫލްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، އެވަޓަންއިން މި ގަރުނުގައި ފުރަތަމަ ފަހަރަށް އެންފީލްޑްގައި މޮޅުވެއްޖެ އެވެ.

މަސީ ސައިޑް ޑާބީިގެ ގޮތުގައި މަޝްހޫރު ވެފައިވާ ލިވަޕޫލާއި އެވަޓަންގެ ކުރިމަތި ލުމުގައި، އެންފީލްޑްގައި ކުޅެ އެވަޓަން މީގެ ކުރިން މޮޅުވީ 1999 ގަ އެވެ. އެ މެޗުގައި އެވަޓަން މޮޅު ކޮށްދިނުމުގައި ލަނޑު ކާމިޔާބު ކުރީ މަޝްހޫރު ކެވިން ކެމްބެލް އެވެ.

ރޭގެ މެޗު ފެށިގެން ތިން ވަނަ މިނެޓްގައި އެވަޓަން އިން ވަނީ ލީޑް ނަގާފަ އެވެ. ހަމޭސް ރޮޑްރިގޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން އެވަޓަންގެ ލަނޑު ކާމިޔާބު ކުރީ ރިޗާލްސަން އެވެ. މެޗުގެ ފަހު ކޮޅުގައި ލިވަޕޫލްގެ ދެ ވަނަ ލަނޑު، ލިބުނު ޕެނަލްޓީން ކާމިޔާބު ކުރީ ސިގްރޮސަން އެވެ.

ލިވަޕޫލަށް ކުރިމަތި ވެފައިވާ އަނިޔާގެ މައްސަލަ އިތުރަށް ބޮޑުވެގެން ދިޔައީ މެޗުގެ 30 ވަނަ މިނެޓްގައި ކެޕްޓަން ޖޯޑަން ހެންޑަސަން އަށް އަނިޔާ ވެގެން ބަދަލު ކުރަން ޖެހުމުންނެވެ. އޭނާގެ އުކުޅުވަޅަށް ވަނީ އަނިޔާވެފަ އެވެ.

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ބަލިވުމުން، ގަަރުނަކާ ގާތް ކުރާ ރެކޯޑެއް ލިވަޕޫލް އަތުން ބީވެގެން ދިޔައީ އެވެ. ހޯމް ދަނޑުގައި ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލިވަޕޫލް މީގެ ކުރިން ބަލިވެފައި ވަނީ، 1923 ގަ އެވެ. ރޭ ގެ މެޗާއެކު ބަދު ނަސީބު އެ ރެކޯޑް އަލުން ވަނީ ތަކުރާރު ވެފަ އެވެ.