ލައިފްސްޓައިލް

100 އަހަރުގެ މާމަ އުފާވެރި ދިރިއުޅުމަކަށް ދޭ ނަސޭހަތް

އުމުރުން ދުވަސްވީ މީހުންނަށް ހަޔާތުގައި ގިނަ ތަޖުރިބާތައް ކުރެވިފައި ހުންނާނެ އެވެ. އެހެންވެ އެމީހުން އަބަދުވެސް ދެނީ ވަރަށް ފައިދާހުރި ރަނގަޅު ނަސޭހަތް ކަމަށް ގަބޫލު ކުރެވެ އެވެ.

ސަތޭކަ އަހަރު ފުރިފައިވާ ލިއޮނާރާ ރޭމޮންޑަކީ ވަރަށް އުފާވެރި ދިރިއުޅުމެއް މިހާރު ވެސް އުޅެމުންދާ މީހެއް ކަމަށް އޭނާ ބުނެ އެވެ. ސޯޝަލް މީޑިއާގައި ލިއޮނާރާ ޝެއާ ކޮށްފައިވާ ވީޑީއޯއެއްގައި އޭނާ ވަނީ ތަޖުރިބާގެ އަލީގައި އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ފަސް ގޮތެއް ހިއްސާ ކޮށްފަ އެވެ.

ލިއޮނާރާގެ އިރުޝާދަކީ ކޮންމެ މީހަކުވެސް "ރަސްކަލެއްގެ ދިރިއުޅުން" އުޅުމަށެވެ.

ލިއޮނާރާގެ ފަސް ނަސޭހަތް

  • ކޮންމެހެން މުހިއްމު ވެގެން ނޫނީ ގިނަ ކައިވެނި ނުކުރުން
  • ގެންގުޅޭ ސްމާޓްފޯނު އެއްލާލުން
  • އަހަރެއްގެ އާމްދަނީން މަދުވެގެން އެއް މަހުގެ އާމްދަނީ ރައްކާކުރުން
  • ދިރިއުޅުމާ މެދު މާ ސީރިއަސްކޮށް ނުނެގުން
  • ހިނިތުން ނުވާ މީހަކު ފެނިއްޖެނަމަ ތިމާ އެމީހަކަށް ހިނިތުންވުން

ފަހަރެއްގައި ލިއޮނާރާގެ ނަސޭހަތްތަކަކީ ބައެއް މީހުންނަށް ގަބޫލު ކުރަން ފަސޭހަ ކަންކަމަށް ނުވެދާނެ އެވެ. ނަމަވެސް ލިއޮނާރާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ވަނީ ވަރަށް ހިނގާފަ އެވެ. އިންސްޓަގްރާމްގައި އޭނާ ޝެއާ ކުރި މި ވީޑިއޯ 50،000 އަށް ވުރެ ގިނަ މީހުން ބަލައި 75،000 ލައިކްސް ލިބިފަ އެވެ. ކޮމެންޓުކުރި ގިނަ ބަޔަކު ބުނީ ލިއޮނާރާ އަކީ ވަރަށް "ލޯބި މާމަ" އެއް ކަމަށެވެ.