އުމުރުން 35 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް-19 ވެކްސިން ޖެހުން މިއަދުވެސް ކުރިޔަށް ދާނެ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ވެސް ވެކްސިން ޖަހަން ކަނޑައަޅައިފައިވާ ކެޓެގަރީއަކީ 35 އަހަރުން މަތީގެ އެންމެންނާއި، 18 އަހަރާއި 35 އަހަރާއި ދެމެދުގެ ހައި ރިސްކް މީހުން ކަމަށެވެ.
އެޗްޕީއޭ އިން ކޮންމެ ދުވަހަކުވެސް ވެކްސިން ޖަހައިދެނީ އެކި އުމުރުފުރާތަކަށް ބަހާލައިގެންނެވެ.
މާލެ ސަރަހައްދު އަދި އަތޮޅުތަކުގެ ތެރޭގައި ވެކްސިން ޕްރޮގްރާމު ހިންގަމުންދާއިރު މިހާތަނަށް 70،000 އަށްވުރެ ގިނަ މީހުން ވަނީ ރާއްޖޭގައި ވެކްސިން ޖަހައިފަ އެވެ.
މާލޭ ސިޓީގައި ރައްޔިތުންގެ މަޖިލިސް އިދާރާ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. އަދި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ވެސ ވެކްސިން ޖަހައި ދެއެވެ،