ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސ. މީދޫ

އައްޑޫ މީދޫން ދެ މީހަކު ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީ މީދޫ އިން ނެގި ރެންޑަމް ސާމްޕަލްތަކުން ދެ ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

އެ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ މީދޫ އިން ނެގި ރެންޑަމް ސާމްޕަލްތަކުން ދެ ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ކޮވިޑަށް ޕޮޒިޓިވްވީ އެއް އާއިލާއެއްގެ ދެ މީހުންނެވެ.

އައްޑޫގައި ދެ ކްލަސްޓާއެއްވެއެވެ. އެއީ ހިތަދޫ ކްލަސްޓާ އާއި ހުޅުމީދޫ ކްލަސްޓާއެވެ.

މިހާތަނަށް އެ ސިޓީން ގިނަ ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެޗްޕީއޭއިން އެ ސިޓީގައި ފިޔަވަޅުތައް ހަރުކަށި ކޮށްފައި ވަނީ މި މަހުގެ ނުވަވަނަ ދުވަހު އެވެ.