ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ބަލިމީހުން ބަލަަހައްޓައިދޭ މީހުންގެ ވެކްސިން ފަށަނީ

ބަލި މީހުން ބަލަހައްޓާ މީހުން ކޮވިޑް-19 ވެކްސިން ޖަހަން އެޗްޕީއޭއިން އިލްތިމާސެއް ކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ، އުމުރުން ދުވަސްވީ މީހުންނާއި ބައްޔެއް ނުވަތަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުން ބެލެހެއްޓުމުގައި އުޅޭ މީހުން ވެކްސިން ޖެހުމަށް އެދޭ ކަމަށެވެ.

މާލޭގައި ދިރިއުޅޭ ބަލި މީހުން ބަލަހައްޓާ މީހުން ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ. އެ ފަރާތްތަކަށް ސޯޝަލް ސެންޓަރު، އިސްލާމީ މަރުކަޒު، ހުޅުމާލެ ވެކްސިން ސެންޓަރު އަދި ވިލިމާލެ ޔޫތު ސެންޓަރުން ވެކްސިން ޖަހައިދޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ބަލި މީހުން ބަލަހައްޓާ މީހުން ވެކްސިން ޖެހުމަށް އެޗްޕީއޭ އިން ބުނިއިރު، މިހާރު ވެކްސިން ދެމުން ދަނީ 18 އަހަރާއި 30 އަހަރާއި ދެމެދުގެ ހައި ރިސްކް މީހުންގެ އިތުރުން 30 އަހަރުން މަތީގެ ހުރިހާ އެންމެންނަށެވެ. މިހާތަނަށް ރާއްޖޭގައި 75،000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް ވެކްސިން ޖަހައިފަ އެވެ.