ހަބަރު

ދިރާގުގެ މަމެން ޕެކޭޖްތަކުން ބޮޑު ޑިސްކައުންޓެއް

ދިރާގުން މަމެން ޑޭޓާ އެޑް އޮންތަކުން ބޮޑު ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ފެށި މި ޕްރޮމޯޝަނުގައި މަމެން ޑޭޓާ އެޑް އޮން ތަކުން މިހާރު 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ. އަދި މި ޕްރޮމޯޝަން ނިމޭއިރަށް ކުރިން ފެށި ޕްރޮމޯޝަނުގައިވާ ގޮތަށް 15 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މާރޗް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. ކުރިން ފެށި ޕްރޮމޯޝަން ހަމަވާނީ މާރޗް މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

މަމެން އެޕްލިކޭޝަން މެދުވެރިކޮށް "އެޑް އޮންސް" ޓެބުން ލިބެން ހުރި ޕެކޭޖްތައް ބަލައިލެވޭނެ އެވެ. ޕެކޭޖްތަކުގެ އަދަދު ފެންނާނީ "އާރްބީ" އިންނެވެ. އެޑް އޮން ޕެކޭޖް ގަތުމާއި އެކީ އާރްބީގެ ބެލެންސުން ފައިސާ ކެނޑޭނެ އެވެ. އެޑްއޮން ޕެކޭޖް ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ބަލަން ޖެހެ އެވެ.