އައިލެންޑް އޭވިއޭޝަން

އައިއޭއެސްއަށް ޖޫސް ހޯދަނީ

ގައުމީ އެއާލައިން "މޯލްޑިވިއަން" ގެ ފްލައިޓްތައް އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އަށް ޖޫސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ފަށައިފި އެވެ.

ސަރުކާރުން ސަބްސިޑީދޭ ގޮތަށް ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދެމުން ގެންދާ ސަރުކާރުގެ ކުންފުނި، އައިއޭއެސް އިން ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގެ މަންތިންދާ ބޯޓުތަކުގައި ދަތުރުކުރާ ފަސިންޖަރުން ބޯން ބޭނުން ކުރާނެ ޖޫސް ސައިޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އެއީ ކޮން ބްރޭންޑެއްގެ ކަހަލަ ޖޫހެއް ކަމެއް ނުބުނެ އެވެ.

އެ އިއުލާނު މިދިޔަ މަހު ވެސް ކުރިއެވެ. ނަމަވެސް އެކަށީގެންވާވަރަށް ބިޑު ހުށަހަޅާފައި ނުވާނީ އެކުންފުނިން އަނެއްކާ މިވަނީ މުއްދަތު އިތުރުކޮށްފަ އެވެ.

އައިއޭއެސްއަށް ޖޫސް ހޯދައިދޭން ޝައުގުވެރިވާ ފަރާތްތައް 22 މާޗްގެ ކުރިން ބިޑް ހުށަހަޅަން ވަނީ އެދިފަ އެވެ. މޯލްޑިވިއަންގެ ދަތުރުތަކުގައި ފިހާރަތަކުން ވެސް ލިބޭ ކަހަލަ ޖޫސްޕެކެޓެއް ދެއެވެ.