ވޭމަންޑޫ

ވޭމަންޑޫ އިންޖީނުގޭގައި ރޯވެ އަނދައިފި

Feb 24, 2021
6
ވޭމަންޑޫގެ އިންޖީނުގޭގައި ރޯވެ އަނދަނީ
33.3%
0%
66.7%

ތ. ވޭމަންޑޫ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޭނުން ނުކުރެވޭ ވަރަށް އިންޖީނުގެ އަނދައިފި އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެ އެވެ.

ވޭމަންޑޫން ވާހަކަ ދެއްކި މީހަކު ބުނީ އިންޖީނުގޭގައި އަލިފާން ރޯވީ އިންޖީނުގޭގެ މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައި ކަމަަށެވެ. އަލިފާން ރޯވުމުގެ ސަބަބުން އިންޖީނުތަކާއެކު އިމާރާތް ބޭނުން ނުކުރެވޭ ވަރަަށް އަނދާފައިވާ ކަމަށެވެ.

ގާތްގަނޑަށް 12،00 އެއްހާ މީހުން އުޅޭ އެރަށުގެ އިންޖީނުގޭގައި ރޯވި އަލިފާން ނިންވަން ސިފައިން މަސައްކަތް ކުރަމުންދާއިރު އަދިވެސް އިންޖީނުގޭގެ އިމާރާތް ދަނީ ނުނިވި އަނދަމުންނެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ ވޭމަންޑޫ އިންޖީނުގޭގައި ކުއްލިގޮތަކަށް އަލިފާނުގެ ހާދިސާއެެއް ހިނގައި، ބޭނުންނުކުރެވޭވަރަށް އިންޖީނުތައް އެނދުމާގުޅިގެން އެރަށުގެ ކަރަންޓުގެ ޚިދުމަތް ވަގުތީގޮ ތުން މެދުކެނޑިފައިވާ ކަމަށާއި އެ ރަށުގެ ކަރަންޓުގެ ޚިދުމަތް ވީއެންމެ އަވަހަށް އިއާދަކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ.

ވޭމަންޑޫގެ މި ހާދިސާއާ ގުޅޭ ފޮޓޯތައް ހުރި ފަރާތްތަކަށް އަވަސް އޮންލައިން ނިއުސް ޑްރޮޕް މެދުވެރިކޮށް ފޮޓޯ އާއި މައުލޫމާތު ފޮނުވާނެ އެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފަލާޙް

ތިވާނީ ގަސްތުގަ ސަރުކާރައް ދަތިކުރަން ކުރި ކަމަކައް

އަޅޭ

އެހެންޔާ ސަރުކާރަކަށްނު އެންމެ ދަތިވާނީ.. ރަށުގަ އުޅޭ ޅަކ ކުދިން ކ ކޮޅާ ޅަދަރި މައިން ހަމަ ހީލާފަވިއްޔަ އުޅޭނީ

ސައިދް

ގަސްތުގަ ތަންތަން ރޯކުރަނީ ކާކުކަން ދިވެހިންނައް އިނގޭނެ

ހާސިބާ

އަނެއްކާ ރޯކޮއްލީބާ.އާއިންޖީނެއް ބޭނުންވީ ކަންނޭނގެ

ޝައްކު

ކަލޭމެންނަށް ނޭންގުނަސް އެނގޭ މީހުންނަށް އެނގޭނެ ވޭމަންޑޫގަ ހުރީ ބާވެ އަންދާލަން ޖެހޭވަރުގެ އިންޖީނެއް ނޫން ކަން.. މޮޔަ ނުގޮވަބަލަ ދަރިޔާ

ބަސީރާ

އަހުންނައްވެސް ހަމަ ޝައްކު 😂😂

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345