ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ ނާއިބު ރައީސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދޭން ފެށީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ފައިސަލް އެޑްމިޓް ކޮށްފައިވަނީ ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތާގައެވެ.
ފައިސަލް އެޑްމިޓް ކުރީ ގަދަ ހުމުގެ އާލާސްކަން ފުޅެެއްގައެވެ. ކޮވިޑަށް ޓެސްޓް ކޮށްފައިވާއިރު ނަތީޖާ ނެގެޓިވް ކަމަށް މަބުރޫކް ވިދާޅުވިއެވެ. ފައިސަލްގެ ހާލުކޮޅު މިހާރު ރަނގަޅުވަމުން އަންނަ ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ނާއިބު ރައީސް ޖެއްސެވީ މި މަހުގެ ނުވަވަނަ ދުވަހުއެވެ.