ވެނެޒުއެލާ

ވެނެޒުއެލާއިން އިޔޫ އެމްބެސެޑަރު ގައުމުން ބޭރުވާން ދަންނަވައިފި

ވެނެޒުއެލާގެ ނެޝަނަލް އެސެމްބްލީން ރައީސް ނިކޮލަސް މަދޫރޯއަށް ލަފާއެރުވި ގޮތަށް، އެ ގައުމުގައި ހުންނަވާ އިޔޫ އެމްބެސެޑަރު، އިސަބެލް ބްރިލާންޓޭ އެނބުރި ގައުމަށް ވަޑައިގަތުމަށް 72 ގަޑިއިރު ދެއްވައިފި އެވެ. ވެނެޒުއެލާއިން ވަނީ އީޔޫ އެމްބެސެޑަރަށް ހިމާޔަތްދެވެން ނެތް ކަމަށާއި މަރުހަބާ ނުކިޔާ ކަމަށް ދަންނަވާފަ އެވެ.

ވެނެޒުއެލާއިން މިގޮތަށް ނިންމާފައި ވަނީ ޔޫރަޕިއަން ޔޫނިއަނުން އެ ގައުމުގެ އޮފިޝަލުންނަށް ދަތި ކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ވެނެޒުއެލާ ފޮރިން މިނިސްޓަރު، ޖޯޖް އަރީިޒާ ވިދާޅުވީ އީޔޫ އެމްބެސެޑަރު ގައުމު ދޫކުރައްވައި ވަޑައިގަތުމަށް ލިޔުން އަރުވާފައި ވާނެ ކަމަށާއި އެއީ ސަރުކާރުގެ ނިންމުމެއް ކަމަށެވެ.

އަރީޒާ ވަނީ އިސަބެލް ބަރިލާންޓޭއާ ބައްދަލު ކުރައްވައި މަސްރަހު އޮތް ގޮތް ދަންނަވާފަ އެވެ. މި ބައްދަލު ކުރެއްވުމުގައި ފްރާންސް، ސްޕެއިން، ނެދަލޭންޑްސް އަދި ޖަރުމަންގެ ޑިޕްލޮމެޓުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ވެނެޒުއެލާގެ ރައީސްއަށް އެ ގައުމުގެ ނެޝަނަލް އެސެމްބްލީން އެރުވި ލަފާގައި ބުނަނީ ޔުރަޕް ގައުމުތަކުން އެ ގަމުގައި ހިންގާ ޕްރޮޖެކްޓްތަކާއި އޮފިޝަލުން އުޅޭ ނޫޅޭ ގޮތް ރަނގަޅަށް ބަލައި ހިސާބު ކުރެވެން ޖެހޭ ކަމަށެވެ.

ޔޫރަޕް ގައުމުތަކުން ވަނީ ވެނެޒުއެލާގެ 19 އޮފިޝަލަކަށް މިމަހު 22 ގައި ދަތިކޮށްފަ އެވެ. އެހެންކަމުން، އީޔޫއިން ދަތިކުމުގެ ފިޔަވަޅުއަޅާފއިވާ އޮފިޝަލުންގެ އަދަދު 55 އަށް އެރީ އެވެ.

ވެނެޒުއެލާ އޮފިޝަލުންނަށް ދަތިކުރުމުގެ ފިޔަވަޅު އިޔޫއިން އެޅި ސަބަބަކީ ސިޔާސީ ވާދަވެރިންނަށް އެއްވެސް ވުރުސަތެއް ނުލިބޭ ގޮތަށް ގައުމުގެ ބާރުތަކުން އަމަލުކުރަމުންދާތީ އެވެ. އަދި އީޔޫ އެދޭ މިންގަނޑުތަކަށް އަމަލުކުރުމުގައި ވެނެޒުއެލާ ފޭލްވެފައި ވާތީ އެވެ.