ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

179 ރަށެއްގައި ވެކްސިން ޕްރޮގްރާމް ހިނގާ

Feb 26, 2021
2

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 179 ރަށެއްގައި ވެކްސިން ޖަހަން ފެށިފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރާއްޖޭގައި ވެކްސިން ޕްރަގްރާމް ފެށިފައި ވަނީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. މިދިއަ 25 ދުވަހުގެ ތެރޭގައި 98،311 މީހަކަށް ވަނީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފަ އެވެ. އެއީ މާލެ ސަރަހައްދުން 69،725 މީހަކަށާއި އަތޮޅުތަކުން 28،586 މީހަކަށެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް ވެކްސިން ޖަހަން ނުފަށަނީ ހއ. މުރައިދޫ އާއި ވ. ފުލިދޫ ގައި ކަމަށެވެ. އާބާދީއާ ވަސީލަތް މަދު އެ ދެ ރަށަށް މޮބައިލް ޓީމުތަކެއް ފޮނުވައިގެން ވެކްސިން ޖަހަން ފަށާނެ ކަމަށްވެސް ވިދާޅުވި އެވެ.

މިހާތަނަށް ވެކްސިން ޖެހި މީހުންގެ ތެރެއިން ސިވިއާ އެލާޖިކް ރިއެކްޝަންއެއް އައިސްފައި ވަނީ ދެތިން މީހަކަށް ކަމަށްވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ. އަދި ވެކްސިނަށް ހުޅުވާ ނުލާ އުމުރުން 18 އަހަރާއި 25 އަހަރުގެ މީހުންނަށް ވަރަށް އަވަހަށް ވެކްސިނަށް ހުޅުވާލާނެ ކަމަށް ވެސް ބުންޏެވެ. ރާއްޖޭގެ އާބާދީގެ 18 އަހަރުން މަތީގެ އެންމެނަށް ވެކްސިން ދީފިނަމަ މުޅި އާބާދީގެ 77 ޕަސެންޓަށް ވެކްސިން ދެވޭނެ ކަމަަށާ އޭރުން ކޮވިޑުން ސަލާމަތް ވުމަށް އަޅާ މުހިންމު ފިޔަވަޅަކަށް އެކަން ވެގެންދާނެ ކަަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.