ބ. ތުޅާދޫ އިން ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެ ރަށުން ޕޮޒިޓިވްވެފައިވަނީ ހޯމް ކަރަންޓީންގައި ތިބި ދެ މީހުންނެވެ. ތުޅާދޫ ސިއްހީ މަރުކަޒުން ބުނީ މި މަހުގެ 18 ވަނަ ދުވަހު އެ ރަށަށް ހޯމް ކަރަންޓީނަށް އައި ދެ މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެ މީހުންނަށް ބަލި ޖެހިފައިވާކަން އެނގުނީ ކޮވިޑްގެ އަލާމަތްތައް ފެނުމުން މިއަދު ސާމްޕަލް ނަގާ ޓެެސްޓް ކުރުމުންނެވެ.
މި ދެ މީހުންގެ ކޮންޓެކްޓް ޓްރޭސިން އިން ބެލި ބެލުމުން އިތުރު ބަޔަކާ ބައްދަލުވެފައި ނެތް ކަމަށްވެސް ތުޅާދޫ ސިއްހީ މަރުކަޒުން ބުންޏެވެ.