ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ތުޅާދޫ އާއި ފުލިދޫ ބަންދުކޮށްފި

May 10, 2021
2

ބ. ތުޅާދޫ އާއި ވ. ފުލިދޫ އިން ކޮވިޑް-19 ބަލި ފެނުމާއި ގުޅިގެން އެ ދެ ރަށަށް އަރާ ފޭބުން މަނާކޮށް ހެލްތް ޕްރޮކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިންއަށް ގެނެސްފި އެވެ.

ތުޅާދޫ އިން ޕޮޒިޓިވްވީ ހަތަރު މީހެކެވެ. އެއީ ހާއްސަ ހުއްދައިގެ ދަށުން އެ ރަށަށް ދިޔަ ބައެކެވެ. އެޗްޕީއޭއިން ބުނީ ކޮންޓެކްޓް ޓްރޭސިންގެ މަަސައްކަތް ނިމެންދެން ތުޅާދޫ އާއި ފުލިދޫއަށް އަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ.

ތުޅާދޫ އާއި ފުލިދޫގެ އިތުރުން 31 ރަށެއް މޮނިޓަރިންގައި އެބައޮތެވެ. އެއީ ށ. ޅައިމަގާއި ރ. ހުޅުދުއްފާރާއި ގދ. ގައްދޫ އާއި ޅ. ނައިފަރާއި އދ. މާމިގިއްޔާއި ތ. މޭވަންޑޫ އާއި ތ. މަޑިފުއްޓާއި ބ. އޭދަފުއްޓާއި ކ. ހިންމަފުއްޓާއި ކ. ގުޅި އާއި ކ. މާފުއްޓާއި އއ. މަތިވެރި އާއި ލ. މާންދޫ އާއި ލ. ގަމާއި ގދ. ތިނަދޫ އާއި އއ. އުކުޅަހާއި ކ. ތުލުސްދޫ އާއި ލ. ދަނބިދޫ އާއި އއ. ރަސްދޫ އާއި އައްޑޫ ސިޓީ އާއި ހއ. ދިއްދޫ އާއި ފ. ފީއަލި އެވެ. މީގެ އިތުރުން އއ. ހިމަންދޫ އާއި ކ. ގުރައިދޫ އާއި ފ. ނިލަންދޫ އާއި ލ. އިސްދޫ އާއި އދ. ފެންފުއްޓާއި ލ. މާވަށުގެ އިތުރުން ފުވައްމުލަކު ސިޓީ އާއި ނ. ވެލިދޫ އާއި ށ. ފުނަދޫ އެވެ.