ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ފަރުވާ ދެމުން ދަނިކޮށް އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ ރޭ 12:22 ހާއިރު އުމުރުން 80 އަހަރުގެ އަންހެނެއް ކޮވިޑް ބަލީގައި މަރުވެފައިވާ ކަމަށެވެ. އެ މީހާއަކީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި މީހެކެވެ.
މިއީ މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 61 ވަނަ މީހާ އެވެ. އަދި މި މަހުގެ މިހާތަނަށް މަރުވި ފަސް ވަނަ މީހާ އެވެ.
ރާއްޖޭގައި މިވަގުތު ކޮވިޑް ޖެހިފައިވާ 2،410 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން އިއްޔެ 133 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ކޮވިޑްގެ ނުރައްކާ އަނެއްކާ ވެސް ބޮޑުވެފައި ވާތީ އެޗްޕީއޭ އިން މިހާރު ވަނީ ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި އިތުރު ފިޔަވަޅުތަކެއް އަޅާފަ އެވެ.