ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދުވަސްވީ މީހުންނަށް ވެކްސިން ދިނުން ސެނަހިޔާގައި

އުމުރުން ދުވަސްވީ މީހުން ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖެހުން ސެނަހިޔާގައި ކުރިއަށް ދާނެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުން ސެނަހިޔާގައި ކުރިއަށްދާނެ ކަމަށާއި ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކުން އެޕޮއިންޓްމެންޓް ހެދުމަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެޕޮއިންޓްމެންޓް ހައްދަން ގުޅާނީ އެޗްޕީއޭގެ ހޮޓްލައިން 1676 އަށެވެ.

މާލޭގެ އެހެން ސެންޓަރުތަކުގައި މިވަގުތު ވެކްސިން ދެމުން އަންނަނީ 25 އަހަރުން މަތީގެ އެންމެންނާއި 18 އަހަރާއި 25 އަހަރާއި ދެމެދުގެ ހައި ރިސްކް މީހުންނަށެވެ. މީގެއިތުރުން 40 އަހަރުން މަތީގެ މީހުންނަށް ޓްރީޓޮޕް ހޮސްޕިޓަލުގައި އަންނަނީ ވެކްސިން ދެމުންނެވެ.

މިހާތަނަށް ރާއްޖޭގައި 99،419 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ.