ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް ދެން ވާނީ މޫސުމީ ރޯގާއަކަށް: ތަޖުރިބާކާރުން

މޮސްކޯ (ފެބްރުއަރީ 27) - ކޮވިޑް ބަލިމަޑުކަން ދެން ބަދަލު ވާނީ މޫސުމީ ރޯގާއަކަށް ކަމަށް ސިއްހީ މާހިރުން ވިދާޅުވާން ފަށައިފި އެވެ. ވިދާޅުވަނީ ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި އެކަން ފެންނަން ފަށާނެ ކަމަށާއި އެ ހިސާބުން ކޮވިޑް ލައިގަންނާނީ މޫސުން ބަދަލުވާ ދުވަސްވަރުގައި ކަމަށެވެ.

ރަޝިއާގެ ސެންޓްރަލް ސައިންޓިފިކް ރިސާޗް އިންސްޓިޓިއުޓް އޮފް އެޕިޑިމިއޮލޮޖީގެ ޑިޕިއުޓީ ޑައިރެކްޓާ ފޮ ކްލިނިކަލް އެންޑް އެނެލެޓިކަލް ވޯކް، ނަޓާލިޔާ ޝެނިކްނަޔާ ވިދާޅުވީ ކޮވިޑް ފަދައިން ފާޅުވެފައި ހުރި ބަލިތައް ދުނިިޔެއިން އަދިވެސް ފެންނަ ކަމަށާއި ބަދަލުވަމުން ދަނީ މިދެންނެވި ގޮތަށް ކަމަށެވެ.

"ފަހަރެއްގައި ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި ވެސް މިދެންނެވި ގޮތަށް އަލާމަތްތައް ފެންނަން ފަށާފާނެ،" ނަޓާލިޔާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޮވިޑުން މިހާރު ވެސް އެ ނިޝާންތައް ދައްކަން ފަށައިފި ކަމަށެވެ.

"ކޮވިޑް އެބަ ބަދަލުވޭ އެކި ވައްތަރުތަކަށް،" ނަޓާލިޔާ ވިދާޅުވިި އެވެ. "އޭގެ ހެއްކަކީ މިހާރު މި ފެތުރެނީ 2020 ގައި އުޅުނު ކޮވިޑެއް ނޫން،" އޭނާ ވިދާޅުވީ ކޮވިޑް ތަންކޮޅެއް ފުޅާވެއްޖެ ކަމަށާއި ޖައްސާ ރޯގާތައް ގިނަ ވެއްޖެ ކަމަށެވެ.

ނަޓާލިޔާ ވިދާޅުވީ މޫސުމީ ރޯގާއާބެހޭ ގޮތުން އާންމު ދިރާސާއަކީ ވަކި ދުވަސްވަރެއްގައި ބަލި އިތުރުވެ ގިނަ ބަޔަކު ވަލިވުމެވެ. އަދި އެ ދުވަސްތައް ނުވަތަ މޫސުން ފަހަނައެޅުމުން އެކަން އޮބި ދިއުމެވެ.