ޕިޝާވަރު (ފެބްރުއަރީ 28) – އަފްޣާނިސްތާން ތާލިބާން ލީޑަރު މައުލަވީ އަބްދުލް ހާދީ ގަޔަށް ބަޑިޖަހައި މަރާލައިފި އެވެ. ފުލުން ބުނީ އޭނާ މަރާލާފައި ވަނީ ޕާކިސްތާނުގެ ޕިޝާވަރުގައި އޭނާ ދިރިއުޅޭ ގެ ކައިރީގައި ކަމަށެވެ. އޭނާއަށް ހަމަލާދިން ބަޔަކު އަދިއެއް ނޭނގެ އެވެ.
ފުލުން ބުނީ ހަމަލާދިން ހަބަރާއެކު ދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި ހަމަލާދިން ބައެއްގެ ނިޝާނެއް ވެސް އެ ހިސާބުން ފެންނަން ނެތް ކަމަށެވެ.
ހާދީގެ ހަށިގަނޑު މިހާރު ވަނީ ފުލުން ގެންގޮސްފައި ކަމަށާއި ވަޅުލަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ. އޮފިޝަލް ވިދާޅުވީ ތަހުގީގު ޓީމަށް ކޮންމެވެސް ވަރަކަށް ހެކި ލިބިފައިވާ ކަމަށާއި ބޮޑަށް ބެލެެވެނީ ދޭދޭ މައްސަލައެއް ކަމަށެވެ.
އަފްޣާނިސްތާންގައި ހަދީއަކީ ތާލިބާނުންގެ ކޮމާންޑަރެއް ކަމަށް ހަބަރުތައް ބުނެ އެވެ. އަދި އޭނާއަކީ ލޯކަލް ގަވަރުނަރެއް ކަމަށް ވެސް ބުނެވެ އެވެ.
އަފްޣާނިސްތާނުގައި ހޮހަޅަތަކަށް މޫލާފައި ތިބި ބާޣީ ހަނގުރާމަ ގުރޫޕްތަކުގެ މެދުގައި އޮންނަނީ ވަޒަނުން ބާރު ހޯދުމެވެ. ވަކި މީހެއް ނުބަލައި އެމީހަކަށް މެދު ނުރުހިއްޖެ ނަމަ ބޮލަށް ބަޑިޖަހައި އެހެން މީހަކު އިސް ކުރުމެވެ.