މޯލްޑިވިއަން

ހިލޭ ޓިކެޓް ލިބޭ ޕްރޮމޯޝަނެއް މޯލްޑިވިއަނުން

ގައުމީ އެއާލައިން މޯލްޑިވިއަނުން ހިލޭ ޓިކެޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މޯލްޑިވިއަންގެ މީޑިއާ ޑިރެކްޓަރު މޫސާ ވަސީމް ވިދާޅުވީ މޯލްޑިވިއަން އެޕް އަދި ވެބްސައިޓު މެދުވެރިކޮށް ޓިކެޓް ނަގާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފުތާއަކު އެއް ފަރާތަކަށް ހިލޭ ޓިކެޓެއް ދޭނެ ކަމަށެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މާދަމާއިން ފެށިގެން މާޗް 27 ވަނަ ދުވަހާ ހަމައަށެވެ. ޕްރޮމޯޝަނުގައި ހަތަރު މީހަކަށް ހިލޭ ޓިކެޓް ލިބޭނެ އެވެ.

މި ޕްރޮމޯޝަނުގެ ބޭނުމަކީ އޮންލައިންކޮށް ޓިކެޓް ނަގަން ބާރު އެޅުމެވެ. އޮންލައިންކޮށް ޓިކެޓް ބުކް ކުރާ ފަރާތްތަކަށް އެތައް ފަސޭހަތަކެއް ހުރިކަން ފާހަގަކުރާ މޫސަ ވިދާޅުވީ، އެއްފަހަރު ޓިކެޓް ނެގުމަށްފަހު އާންމު މައުލޫމާތުތައް ދެވަނަ ފަހަރަށް ފުރަން ނުޖެހޭނެ ކަމަށެވެ. ޖަވާބު ނުދީގެން ލަސްވެގެން އުޅެން ނުޖެހޭނެ ކަމަށެވެ.

ހިލޭ ލިބޭ ޓިކެޓް ބޭނުން ކޮށްގެން 31 އޮކްޓޯބަރުގެ ކުރިން ރާއްޖޭގެ ކޮންމެ ތަނަކަށްވެސް ދެވޭނެ އެވެ.