މޯލްޑިވިއަން

މޯލްޑިވިއަން އިން އީދަށް ހާއްސަ ޕްރޮމޯޝަނެއް

އީދު ޗުއްޓީގައި އަތޮޅުތަކުގެ ރަށްރަށުން މާލެ އަންނަ މީހުންނަށް ގައުމީ އެއާލައިން -- މޯލްޑިވިއަން އިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މޯލްޑިވިއަން އިން ބުނި ގޮތުގައި މި ޕްރޮމޯޝަނަކީ އަތޮޅުތަކުން މާލެ އަންނަ މީހުންނަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ފުރުސަތު ދިނުމަށް ފެށި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގެ ތެރެއިން ޒަރުރީ ބޭނުންތަކަށް މާލެ އަންނަ މީހުންނަށް ހެޔޮ އަގުގައި ދަތުރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް ބުންޏެވެ.

މި ޕްރޮމޯޝަންގައި މޯލްޑިވިއަންގެ ބޯޓުތައް އާންމުކޮށް ދަތުރުކުރާ ރަށްރަށަށް ޓިކެޓް ލިބެ އެވެ. ޕްރޮމޯޝަންގައި ޓިކެޓުގެ އަގު އުޅެނީ 750 ރުފިޔާއާއި 1200 ރުފިޔާއާއި ދޭތެެރޭ ގައެވެ.

ޕްރޮމޯޝަންގައި ޓިކެޓުގެ އަގުތައް:

  • ދަރަވަންދޫއިން މާލެއަށް: 749 ރުފިޔާ
  • މަޑިވަރުން މާލެއަށް: 949 ރުފިޔާ
  • މާފަރުން މާލެއަށް: 999 ރުފިޔާ
  • އިފުރުން މާލެއަށް: 999 ރުފިޔާ
  • ކައްދޫއިން މާލެއަށް: 1055 ރުފިޔާ
  • ފުނަދޫއިން މާލެއަށް: 1055 ރުފިޔާ
  • ކޫޑުޢިން މާލެއަށް: 1111 ރުފިޔާ
  • ހަނިމާދޫޢިން މާލެއަށް: 1111 ރުފިޔާ
  • ތިމަރަފުށިން މާލެއަށް: 1111 ރުފިޔާ
  • ފުވައްމުލަކުން މާލެއަށް: 1155 ރުފިޔާ
  • މާވަރުލުން މާލެއަށް: 1133 ރުފިޔާ
  • ހޯރަފުށިން މާލެއަށް: 1133 ރުފިޔާ
  • ފަރެސްމާތޮޑާއިން މާލެއަށް: 1133 ރުފިޔާ
  • ގަމުން މާލެއަށް: 1222 ރުފިޔާ
  • ކާޑެއްދޫއިން މާލެއަށް: 1333 ރުފިޔާ

މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 13 އިން 16 އަށް އަތޮޅުތަކުން މާލެ ދަތުރުކުރާ މީހުންނަށާއި، މިމަހުގެ 17 އިން 24 އަށް މާލެއިން އަތޮޅުތަކަށް ދަތުކުރާ މީހުންނަށެވެ.

މޯލްޑިވިއަން ބުނީ މި ޕްރޮމޯޝަންގައި ދަތުރުކުރަން ބޭނުންވާނަމަ ވީހާވެސް އަވަހަށް ޓިކެޓް ބުކް ކުރުން މުހިއްމު ކަމަށެވެ. އެއީ މި ޕްރޮމޯޝަންގައި ޓިކެޓް ވިއްކާނީ ވަކި އަދަދަކަށް ވާތީ ކަމަށްވެސް ބުންޏެވެ.