ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ކަސްޓަމްސް ސާވިސް

ކަސްޓަމްސްގެ ގިނަ މުވައްޒަފުން ވެކްސިން ޖަހައިފި

Feb 28, 2021
5

"ކޮވިޑް-19 ދިފާއު" ކެމްޕޭނުގައި ކަސްޓަމްސްގެ 74 ޕަސެންޓް މުވައްޒަފުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފި އެވެ.

ފުރަތަމަ ޑޯޒް ފުރިހަމަ ކުރި މުވައްޒަފުންގެ ތެރޭގައި ވީއައިއޭގައި މަސައްކަތްކުރާ މުވައްޒަފުންނާއި މާލެ އަދި ހުޅުމާލޭ ކަސްޓަމްސްގެ މުވައްޒަފުންނާއި އަތޮޅުތަކުގެ ތެރޭގައި ގާއިމްކޮށްފައިވާ ރީޖަނަލް ކަސްޓަމްސް އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ހިމެނެ އެވެ.

ކަސްޓަމްސްގައި ބާކީ ތިބި މުވައްޒަފުންނަށް ވެސް ވެކްސިން ދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

ރާއްޖޭގައި މިހާރު ޖަހަމުންދަނީ އިންޑިއާގެ ސިރަމް އިންސްޓްޓިއުޓްގައި އުފައްދާފައިވާ އޮކްސްފޯޑް އެސްޓްރަޒެނިކާގެ ލޯކަލް ބްރޭންޑް "ކޮވީޝީލްޑް" ވެކްސިނެވެ.