ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

20 އަހަރުން މަތީ މީހުންގެ ވެކްސިން ފަށަނީ

މާލެ ސަރަހައްދުގައި ދިރިއުޅޭ 20 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް-19 ވެކްސިން ދޭން މާދަމާ ފަށާނެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

ކުރިން ވެކްސިން ދެމުން އައީ 25 އަހަރުން މަތީ މީހުންނަށެވެ. އަދި އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުންނަށެވެ. އެޗްޕީއޭއިން މިރޭ ބުނީ މާލެ ސަރަހައްދުގައި ދިރިއުޅޭ 20 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް-19 ވެކްސިން ދޭން މާދަމާ ފަށާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ އަށް ސެންޓަރުހުރިއިރު ހޮސްޕިޓަލްތަކާއި ރައްޔިތުންގެ މަޖިލީހާއި އިސްލާމީ މަރުކަޒުގައިވެސް ވެކްސިން ސެންޓަރުތައް ވަނީ ހަދާފައެވެ.

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 105،000 މީހުންނަށް ވަނީ ފުރަތަމަ ޑޯޒް ދީފައެވެ. އެއީ މާލެ ސަރަހައްދުން 72،872 މީހަކާއި އަތޮޅުތަކުން ވެކްސިން ދިން 32،620 މީހެކެވެ.