ގއ. ވިލިނގިލީ ފަޅުތެރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ކަނޑުމަތީގެ މި ނުރައްކާތެރި އެކްސިޑެންޓް ހިނގީ ލޯންޗަކާއި މަސް ދޯންޏެއް ޖެހިއެވެ. މި އެކްސިޑެންޓްގައި ލޯންޗުގައި ހުރި ޒުވާނަކަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަދި މަސްދޯނީގައި ތިބި ދެ މީހަކަށްވެސް ވަނީ އަނިޔާވެފައެވެ.
އެ މީހުންނަށް ވިލިނގިލީގައި ހުންނަ ގއ އަތޮޅު ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އެ ހޮސްޕިޓަލުން ބުނީ ތިން މީހުންނަށް އަނިޔާވެފައިވާއިރު ލޯންޗުގައި ހުރި ޒުވާނާއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ މީހުން މާލެ ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށްވެސް ހޮސްޕިޓަލްގެ މެނޭޖަރު ވިދާޅުވިއެވެ.