ޓެކްސް އެޕީލް ޓްރައިބިއުނަލް

ޓެކްސް ޓްރައިބިއުނަލަށްލާން ހަދީޖާއަށް ރުހުން ދީފި

ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ހުސްވެފައިވާ ގާނޫނީ ދާއިރާގެ މެންބަރު ކަމަށް މ. ރަންވަރަ، ހަދީޖާ ނައީމް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި އެވެ.

މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ހަދީޖާ އައްޔަން ކުރަން ފެންނަ ކަމަށް 63 މެމްބަރަކު ވޯޓު ދެއްވި އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގާނޫނީ ދާއިރާގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި ގ. ގޮފި، ފާތުމަތު މިންހަތު އިއްޒަތު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލާން އާންމުކޮށް ހުޅުވާލުމުން ހަތަރު މެމްބަރަކު ކުރިމަތިލެއްވި އެވެ. އެ ހަތަރު ބޭފުޅުންގެ ނަންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުވީ މި މަހުގެ ކުރީކޮޅު އެވެ. އަދި އެ ނަންތައް ޖުޑީޝިއަރީ ކޮމެޓީން ދިރާސާ ކުރުމަށް ފަހު ނުވަ މެމްބަރުންގެ ވޯޓާއެކު ހަދީޖާ ނައީމް އައްޔަން ކުރަން ވަނީ ފާސްކޮށްފަ އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލް އެކުލެވިގެންވަނީ ސް މެންބަރުންގެ މައްޗަށެވެ.