ޓެކްސް އެޕީލް ޓްރައިބިއުނަލް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުން ވަކިކޮށްފި

ޓެކްސް އެޕީލް ޓްރައިބިއުނަލް -- ފޮޓޯ: އަވަސް
0%
0%
0%

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެމްބަރަކު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ދިން ލަފައާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެ މެމްބަރުން ވަކިކުރައްވައިފި އެވެ.

ޓްރައިބިއުނަލް އިން ވަކިކުރައްވާފައިވަނީ އެ ޓްރައިބިއުނަލްގެ ރައީސް މުހައްމަދު މުނައްވަރު އަލީއާއި، ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލާއި، މެމްބަރު އަހްމަދު އަޝްރަފާއި، މެމްބަރު ހަދީޖާ ނައީމް އެވެ.

މި މެމްބަރުން ވަކިކުރުމަށް ޖުޑީޝަރީ ކޮމިޓީގެ ސަމާލުކަމަށް މައްސަލައެއް ގެނައީ ޓްރައިބިއުނަލްގެ މެމްބަރެއް ކަމަށްވާ އިސްމާއީލް ސާޖިދެވެ.

އެގޮތުން ކޮމިޓީން މައްސަލަ ބެލުމަށްފަހު ސާޖިދު ނޫން އެހެން ބޭފުޅުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމުން ވަކިކުރަން ކޮމިޓީން ފާސްކުރީ މި މަހުގެ 13ވަނަ ދުވަހު އެވެ. އަދި ރައްޔިތުންގެ މަޖިލީހުން އެ ނިންމުން ފާސްކުރީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އެއީ 63 މެމްބަރުންގެ އިއްތިފާގުންނެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ހިމެނޭ މެމްބަރުންގެ ތެރެއިން ސާޖިދު ފިޔަވާ ދެން ތިއްބެވި މެންބަރުން ވަކިކުރެއްވުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345