ޖުޑިޝަރީ ކޮމެޓީ

ސާޖިދު ފިޔަވާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ އެހެން މެންބަރުން ވަކިކުރަނީ

ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް
0%
0%
0%

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރެއް ކަމަށްވާ އިސްމާއީލް ސާޖިދު ފިޔަވާ އެހެން ހުރިހާ މެމްބަރުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި އެވެ.

ޓްރައިބިއުނަލްގެ މެމްބަރުން ވަކިކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ސަމާލުކަމަށް ގެނައީ ސާޖިދެވެ. އެ ކޮމިޓީން ވަނީ ސާޖިދުގެ ސިޓީ އިއްވާ، މިއަދު ފާސްކޮށްފަ އެެވެ.

މި މައްސަލަ ކޮމިޓީން ފާސްކުރީ ޓެކްސް އެޕީލް ޓްރައިިބިއުނަލްގެ ވަކިވަކި މެމްބަރުންނާ ސުވާލުކޮށް، އެތަނުގެ ހާލަތު ބެލުމަށްފަހު އެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ހިމެނޭ މެމްބަރުންގެ ތެރެއިން ސާޖިދު ފިޔަވާ ދެން ތިއްބެވި މެންބަރުން ވަކިކުރެއްވުމަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު އެވެ.

ޓްރައިބިއުނަލުން ވަކިކުރަން ނިންމީ އެ ތަނުގެ ރައީސް މުހައްމަދު މުނައްވަރު އަލީ އާއި، ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލް އާއި، މެންބަރު އަހްމަދު އަޝްރަފް އަދި މެމްބަރު ހަދީޖާ ނައީމް އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުންނާ ގުޅޭ މައްސަލައެއް ތަހުގީގުކުރުމަށް ހުށަހެޅުމަށް ވެސް ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345