ރައްޔިތުންގެ މަޖިލިސް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ސާޖިދު ނޫން ހުރިހާ މެމްބަރުން ވަކިކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: މަޖިލިސް
0%
0%
0%

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރެއް ކަމަށްވާ އިސްމާއީލް ސާޖިދު ފިޔަވާ އެހެން ހުރިހާ މެމްބަރުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުން ތަޅުމުން މިއަދު ފާސްކޮށްފައިވަނީ 63 މެމްބަރުންގެ އިއްތިފާގުންނެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެމްބަރުންގެ މައްސަލަތަކެއް އެންމެ ފުރަތަމަ ހުށަހެޅީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އަށެވެ.

މިމައްސަލަ ކޮމިޓީގެ ސަމާލުކަމަށް ގެނައީ ސާޖިދެވެ. ސާޖިދުގެ ސިޓީ އެ ކޮމިޓީއަށް އިއްވާ، ކޮމިޓީން މައްސަލަ ބެލުމަށްފަހު ސާޖިދު ނޫން އެހެން ބޭފުޅުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރު ކަމުން ވަކިކުރަން ކޮމިޓީން ފާސްކުރީ މި މަހުގެ 13ވަނަ ދުވަހު އެވެ.

މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފައިވަނީ ކޮމިޓީގެ ނިންމުމެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ހިމެނޭ މެމްބަރުންގެ ތެރެއިން ސާޖިދު ފިޔަވާ ދެން ތިއްބެވި މެންބަރުން ވަކިކުރެއްވުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދެވެ.

ޓްރައިބިއުނަލުން ވަކިކުރަން ނިންމީ އެ ތަނުގެ ރައީސް މުހައްމަދު މުނައްވަރު އަލީ އާއި، ނައިބު ރައީސް ހުސައިން ޒައިދާން ޖަލީލް އާއި، މެންބަރު އަހްމަދު އަޝްރަފްގެ އިތުރުން މެމްބަރު ހަދީޖާ ނައީމް އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345