ގއ. ދެއްވަދޫއަށް އަރައި ފޭބުން އަނެއްކާވެސް މަނާކޮށް އެރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފި އެވެ.
އެޗްޕީއޭ އިން ބުނީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެންދިޔައީ ކޮވިޑް-19 އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ ގޮތުން ކަމަށެވެ. އެރަށް މޮނީޓަރިންއަށް ލީ ރޭގަ އެވެ.
އެރަށުގައި ކަރަންޓީނު ވެގެން ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވެފައި ވެއެވެ. ކަރަންޓީނުގައި ހުރި މުއްދަތުގައި ބައެއް މީހުންނާއި އެ މީހާއާ ކޮންޓެކްޓް ވެފައިވާ ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.
ކުރިން އެރަށް މޮނީޓަރިންގެ ހާލަތަށް ގެންދިއުމަށް ފަހު އެ ރަށުގެ މޮނިޓަރިން އުވައިލީ މަސްދުވަސް ފަހުންނެވެ. އެރަށުން އެ ފަހަރު އުފެދުނު ކްލަސްޓާގައި 85 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ. އެ ކްލަސްޓާއާ ގުޅުންހުރި ހަތް މީހަކު ދާންދޫން ވަނީ ޕޮޒިޓިވްވެފައި ވެއެވެ. އަދި ލ. ފޮނަދޫއިން ހަތަރު މީހުނާއި ހުޅުމާލޭން ދެ މީހުން ގއ. ވިލިގިލިން ދެ މީހަކު ޕޮޒިޓިވްވި އެވެ.