ބޮލީވުޑް

ރިތިކް އާއި ކަންގަނާ އެކަކު އަނެކަކަށް ފުރަގަސްދިނީތަ؟

Oct 31, 2015

ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ރިތިކް ރޯޝަން އާއި އަންހެނުން ސުޒާން ޚާން މިދިޔަ އަހަރު ވަރިވި ފަހުން، ރިތިކް އާއި ބަތަލާ ކަންގަނާ ރަނާވަތު އާއި ދެމެދު ގާތްގުޅުމެއް އޮންނަ ކަމުގެ އަޑުތައް ދޭތެރެ ދޭތެރެއިން ދިޔައީ އިވެމުންނެވެ.

މި ދެތަރިންގެ ގުޅުމާއި ބެހޭގޮތުން ތަފާތު އެކި ފަހަރު މަތިން ނޫސްވެރިން ސުވާލުކުރުމުން ވެސް، ދެމީހުންވެސް ވަނީ އެމީހުންގެ ދިރިއުޅުމުގައި މިވަގުތު ހާއްސަ މީހަކު ނެތް ކަމަށް ބުނެފަ އެވެ.

"ކްރިޝް 3"ގެ ޝޫޓިން ކުރިޔަށް ދިޔަ ދުވަސްވަރުން ފެށިގެން މި ދެތަރިންގެ ދެމެދުގައި އޮތް ގުޅުން ބަދަހިވާން ފަށައިފައިވާއިރު، މިހާތަނަށް ވެސް މިދެތަރިން މިކަމާ ގުޅޭގޮތުން އެއްޗެއް ބުނެފައެއް ނުވެ އެވެ.

ކޮންމެ އަކަސް މިދެތަރިންގެ ދެމެދުގައި އޮތީ ވަރަށް "ސިއްރު" ގުޅުމެކެވެ. އަދި ގިނަ ނޫސްތަކުގައި މިދެމީހުންގެ ގުޅުން ވަރަށް ސީރިއަސްކަމަށް ބުނެފައިވާއިރު، އެންމެ ފަހުގެ ހަބަރުތައް ބުނާގޮތުން، ކަންގަނާ ވަނީ ދެމެދުގައި އޮތް ލޯބީގެ ގުޅުން ނިންމާލާފަ އެވެ. ސަބަބެއް ކަމަށް ވަނީ ރިތިކް މިގުޅުން އިތުރު އެހެން ފިޔަވަޅަކަށް ކުރިއަށް ގެންދަން ބޭނުންނުވުން ކަމަށްވެ އެވެ.

މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން މުމްބައިގައި ކުރިއަށްދާ 17 ވަނަ މުމްބާއީ ފިލްމު ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރިތިކް އާއި ކަންގަނާ ބައިވެރިވި ނަމަވެސް، މި ދެތަރިންކުރެ އެކަކުވެސް އެކަކު އަނެކަކާ ވާހަކަ ދައްކާފައެއް ނުވެ އެވެ.

މި ދެތަރިންނާއެކު މިފެސްޓިވަލްގައި ފެނިގެންދިޔަ ބޮލީވުޑްގެ އެހެންތަރިންނާއެކު ހީސަމާސާކޮށް ވާހަކަދައްކާފައިވީ ނަމަވެސް، ރިތިކް އާއި ކަންގަނާއާ ދެމީހުން އެމީހުންނާއެކު އެއްކޮށްތިބިތަނެއް ފެނިފައެއް ނުވެ އެވެ. އެގޮތުން ރިތިކް ބައެއް ތަރިންނާ އެކު ވާހަކަދައްކަން ހުރިއިރު، ކަންގަނާ ހުރީ މާދުރުގައި ކަމަށްވެ އެވެ. އަދި ރިތިކް އެމީހުންނާއި ވާހަކަދައްކަން ހުރެފައި އެތަނުން ދިޔަތަނާ ކަންގަނާ އެމީހުންނާއެކު އެކު ވާހަކަދައްކައި ހީސަމާސާކޮށް ހަދާފައިވެ އެވެ.

މީގެއިތުރުން ވެސް މިދެތަރިން މިފެސްޓިވަލްގައި ބަވެރިވި އެހެން ތަރިންނާއެކު ފޮޓޯއަކަށް ހުއްޓިފައިވާއިރު، ރިތިކް އާއެކު ފޮޓޯއެއް ނަގަން ހުއްޓިފައެއް ނުވެ އެވެ.

މިފަހުން ރިތިކް ކުޅުނު "ދީރޭ ދީރޭ" ލަވަ ލޯންޗްކުރުމަށް ބޭއްވި ހަފްލާގައި ނޫސްވެރިޔަކު މިލަވަ ހާއްސަކުރަން ބޭނުންވަނީ ކާކައްތޯ އެހުމުން، މިވަގުތު އޭނާގެ ހަޔާތުގައި ހާއްސަ މީހަކު ނެތްކަމަށް ބުނެފަ އެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ކުރިން ކަންގަނާ ވަނީ އޭނާގެ ދިރިއުޅުމުގައި މިހާރު ހާއްސަ މީހެއް އެބަހުރި ކަމަށާއި ނަމަވެސް އެއީ ކާކުކަން ބުނަން އުޒުރުވެރިވާ ކަމަށް ބުނެފަ އެވެ