ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

18 އަހަރުން މަތީ މީހުންގެ ވެކްސިން ފަށަނީ

މާލެ ސަރަހައްދުގައި ދިރިއުޅޭ 18 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް-19 ވެކްސިން ދޭން މާދަމާ ފަށާނެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

ކޮވިޑް ވެކްސިން ޖެހެނީ 18 އަހަރުން މަތީގެ މީހުންނަށެވެ. މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި ވެކްސިން ޕްރަގްރާމް ކުރިއަށްދާއިރު ފުރަތަމަ ވެކްސިން ދީފައިވަނީ ފްރަންޓްލައިން ސްޓާފުންނާއި އުމުރުން ދުވަސްވީ މީހުންނަށާއި ބޮޑެތި ބަލިތަކަށް ފަަރުވާ ހޯދަމުންދާ މީހުންނަށެވެ.

އޭގެ ފަހުން ދޮށީ އުމުރުން ފެށިގެން އެކި އުމުރުފުރާތަކަށް ވެކްސިން ޖަހަން ދިޔައީ ފުރުސަތު ހުޅުވާލަމުންނެވެ. އެޗްޕީއޭއިން ދެންމެ ބުނީ މާލެ ސަރަހައްދުގައި ދިރިއުޅޭ 18 އަހަރުން މަތީގެ އެންމެންނަށް ކޮވިޑް-19 ވެކްސިން ދޭން މާދަމާ ފަށާނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ އަށް ސެންޓަރުހުރިއިރު ހޮސްޕިޓަލްތަކާއި ރައްޔިތުންގެ މަޖިލީހާއި އިސްލާމީ މަރުކަޒުގައިވެސް ވެކްސިން ސެންޓަރުތައް ވަނީ ހަދާފައެވެ.

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 117،115 މީހުންނަށް ވަނީ ފުރަތަމަ ޑޯޒް ދީފައެވެ. އެއީ މާލެ ސަރަހައްދުން 77،251 މީހަކަށާއި ނއަތޮޅުތަކުން 39،864 މީހަކަށެވެ.