އުރީދޫ މޯލްޑިވްސް އިން ހުޅުމާލޭގައި އަޅަމުންދާ އުރީދޫ ޓަވަރު އަންނަ އަހަރު ނިމޭނެ ކަމަށް ބުނެފި އެވެ.
އުރީދޫ އިން ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރެއްގެ ސުވާލަކަަށް ޖަވާބު ދެއްވަމުން، އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ނަޖީބު ހާން ވިދާޅުވި ގޮތުގައި ހުޅުމާލޭގައި އަޅާ ޓަވަރު އަންނަ އަހަރުގެ ޖޫން މަހު ނިމޭނެ އެވެ. ޓަވަރުގެ މަސައްކަތް ހަވާލު ކޮށްފައިވާ ޗައިނާ ކުންފުނިން އެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
"ކޮވިޑް-19 އާ ގުޅިގެން މަސައްކަތަށް ލަސްވުމެއް އައީ. ނަމަވެސް ޓަވަރުގެ މަސައްކަތް ވަނީ އަލުން ފެށިފައި،" ނަޖީބު ވިދާޅުވި އެވެ.
![](https://images-01.avas.mv/post/big_cKoONwIC79Mi3w3wkj17mO5Vg.jpg)
އުރީދޫ މޯލްޑިވްސްގެ މައި ހެޑްކުއަޓާސް ބިންގާ އަޅާފައިވަނީ 2017 ވަނަ އަހަރު އެވެ. ނަމަވެސް ތަފާތު ސަބަބުތަކާހުރެ އެ މަސައްކަތް ވަނީ ލަސްވެފަ އެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި އަޅާ އުރީދޫ ޓަވަރު ހަދަނީ ޒަމާނީ ވަސީލަތްތަކާއެކުގަ އެވެ.