ވިޔަފާރި

ދިރާގުގެ ސާފު ފައިދާ 190 މިލިއަން ރުފިޔާއަށްވުރެ މައްޗަށް

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް ސާފު ފައިދާގެ ގޮތުގައި 190 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް އާމްދަނީގެ ގޮތުގައި ލިިބިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގުން އާއްމުކޮށްފައިވާ ތިންވަނަ ކުއާޓަރުގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 181 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނު ނަމަވެސް، ތިންވަނަ ކުއާޓަރުގެ ސާފު ފައިދާ ވަނީ 194 މިލިއަން ރުފިޔާއަށް އުފުލިފަ އެވެ. އަދި ތިންވަނަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 549 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 228 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އެ ކުންފުންޏަށް ޓެކްސްގެ ގޮތުގައި މި ކުއާޓަރުގައި 34.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.