ވިސްޓާރާ

އިންޑިއާގެ ވިސްޓާރާއިން ރާއްޖެއަށް ދަތުރުތައް ފަށަައިފި

އިންޑިއާގެ ވިސްޓާރާ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފަށަައިފި އެވެ.

ވިސްޓަރާގެ ދަތުރުތައް ފެށުމުގެ ގޮތުން އިއްޔެ މެންދުރު ވަނީ އެއާބަސް އޭ320 ނިއޯގެ މަތިންދާ ބޯޓެއް އިންޑިއާގެ މުމްބާއީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 164 ފަސިންޖަރުންނާއެކު އައިސްފަ އެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމް ކޮށްފައިވާ އެއާ ބަބްލްގެ ދަށުން އެ އެއާލައިންއިން ކޮންމެ ހަފުތާއަކު ވެސް ތިން ދުވަހު ރާއްޖެއަށް ފްލައިޓްތައް އޮޕަރޭޓް ކުރާނެ އެވެ.

މިއީ ރާއްޖެއަށް ފްލައިޓްތައް އޮޕަރޭޓް ކުރާ އިންޑިއާގެ ހަތަރު ވަނަ އެއާލައިން އެވެ.

ވިސްޓާރާއަކީ އިންޑިއާގެ ޓާޓާ ގްރޫޕާއި ސިންގަޕޯ އެއާލައިންސްގެ ޖޮއިންޓް ވެންޗާއެއްގެ ދަށުން އުފައްދާފައިވާ އެއާލައިން އެކެވެ