ވިޔަފާރި

އިންޑިއާގެ 'ގޯއެއާ' އިން ރާއްޖެ އަށް އުދުހެން ފަށައިފި

Oct 15, 2018

އިންޑިއާގެ "ގޯއެއާ" އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިއަދު އުދުހުންތައް ފަށައިފި އެވެ.

އިންޑިއާގެ ބޮމްބޭ އިން ވީއައިއޭއަށް ގޯއެއާ އިން ފެށި މި ދަތުރުތަކުގައި ބޭނުންކުރަނީ އެއާބަސް އޭ320 ގެ މަންތިދާ ބޯޓެވެ. މި ބޯޓުގައި 152 މީހުން އުފުލޭނެ އެވެ.

ވީއައިއޭގައި ބޭއްވި ރަސްމިއްޔާތެއްގައި ގޯއެއާއަށް މަރުހަބާ ދެންނެވީ ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި އިންޑިއާ އެމްބަސީގެ އިސް ބޭފުޅުންނެވެ. މިގޮތުން އެއާޕޯޓަށް އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ވެސް ވަޑައިގަތެވެ.

ގޯއެއާ އިން ރާއްޖެއަށް ދަތުރު ފަށަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ވޮޔޭޖަސް މޯލްޑިވްސްގެ އެޖެންޓު ކަމުގަ އެވެ.

އިންޑިއާއަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ. ގޯއެއާގެ ދަތުރުތައް ރާއްޖެއަށް ފެށުމާއެކު އިންޑއާ މީހުންގެ އަދަދު އިތުރު ވެގެންދާނެ އެވެ.