ޖިންސީ ގޯނާ

ކުޑަކުއްޖަކާ ބެހުނުކަމުގެ ތުހުމަތަށް ފެހެންދޫ ކައުންސިލަރު ހައްޔަރުކޮށްފި

ކުޑަ ފިރިހެން ކުއްޖަކާ ބެހުނުކަމުގެ ތުހުމަތަށް ބ. ފެހެންދޫ ކައުންސިލަރަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ފެހެންދޫ ކައުންސިލްގެ ނާއިބު ރައީސް އިބްރާހިމް ފަޒީލް އެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ އިއްޔެ މެންދުރު ކަަމަށް ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި 34 އަހަރުގެ ފިރިހެނަކު ހައްޔަރުކުރި ކަމަށާއި އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.