ހއ. ބާރަށުން މިހާތަނަށް 22 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ބާރަށުން ފުރަތަމަ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދުވަހު އެ ރަށުން ނުވަ މީހަކު ޕޮޒިޓިވްވިއެވެ. އެއީ މާލެއިން އެ ރަށަށް ގޮސް ހޯމް ކަރަންޓީންގައި ތިބި ބައެކެވެ. އެ މީހުންނަށް ބަލި ޖެހިފައިވާކަން އެނގުނީ ކަރަންޓީން މުއްދަތު ހަމަވުމުން ކުރި ޓެސްޓުންނެވެ.
އެ ކޭސްތަކާއި ގުޅިގެން ކޮންޓެކްޓުންގެ ސާމްޕަލް ނަގާ ޓެސްޓް ކުރުމުން އިތުރު ހަތަރު މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ މި މަހުގެ ދެވަނަ ދުވަހުއެވެ. އެޗްއީއޯސީން ބުނީ ބާރަށުގައި ބަލީގެ އަލާމަތް ހުރި މީހުންނާއި ކުރީގެ ޕޮޒިޓިވް ކޭސްތަކާއި ގުޅުންހުރި ބައެއް މީހުން ހިމެނޭހެން 158 މީހެއްގެ ސާމްޕަލް ނެގި ކަމަށެވެ. އޭގެ ތެރެއިންވެސް ނުވަ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާއިރު މިހާތަނަށް 20،000 ވުރެ ގިނަ މީހުންނަށް ވަނީ ބަލިޖެހިފައެވެ.