ޓެކްނޯލޮޖީ

އެޕަލްއިން ބުނީ އުނހު! ޑީފޯލްޓް އޯޑިއޯ ޕްލޭޔާ ބަދަލުނުވާނެ!

އެޕަލްއިން އައިއޯއެސްއަށް ގެންނަ ބަދަލުތަކުގައި ބޭނުން ކުރާ މީހުން ގަޔާވާ ފީޗާތަަކަށް މަރުހަބާ ކިޔަ އެވެ. ދާދިމިދާކަށް ދުވަހާ ޖެހެން ދެން ވެސް އައިއޯއެސް މުށުތެރެއަށް ލައިގެން އުޅުމަށް ފަހު އެޕަލްއިން ވަނީ ތާޑްޕާތީ އެޕްލިކޭޝަންތަަކަށް އިސްކަން ދޭން ފަށާފަ އެވެ. އޭގެ ތެރޭގައި އީމެއިލް އެޕްލިކޭޝަން އަދި ވެބް ބްރައުޒާ، އެޕަލް ނޫން އެޕްތަކަށް ޑީފޯލްޓް ކުރެވެ އެވެ.

އައިފޯން ބޭނުންކުރާ މީހުންނަށް ހީވެފައި އޮތީ އައިއޯއެސް 14.5 ގައި އޯޑިއޯ ޕްލޭޔާ ބަދަލު ކުރެވޭނެ ކަމަށެވެ. އެކަމަކު އެޕަލްއިން ބުނީ އުނހު! އަދި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް ސިރީ ކުރެން ވަކި އެޕްލިކޭޝާނަކުުން އޯޑިއޯ ފައިލް ޕްލޭ ކުރަން އެދުމުން އެކަންކުރެވެ އެވެ. އެޕަލްއިން ބުނީ އެއީ އަދި ޑީފޯލްޓް ކުރުމެއް ނޫން ކަމަށެވެ.

އައިއޯއެސްގައި ތާޑްޕާޓީ އެޕްތައް ޑީފޯލްޓް ކުރުމަށް ގިނަ ބަޔަކު އެދެ އެވެ. އެހެން ނަމަވެސް އެޕަލްއިން ހުއްދައެއް ނުދެ އެވެ. ބެލެވެނީ ކައިރި މުސްތަގުބަލެއްގައި އޯޑިއޯ ޕްލޭޔާއަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

އައިއޯއެސް ޑީފޯލްޓް އޯޑިއޯ ޕްލޭޔާ ބަދަލު ކުރެވޭތޯ ވަރަށް ގިނަ މީހުން އަންނަނީ ބަލަމުންނެވެ. ސެޓިން ތެރޭގައި ކޮންމެވެސް ހިސާބެއްގައި އެކަހަލަ އޮޕްޝަނެއް ހުރިތޯ ވެސް ވަނީ ބަލާފަ އެވެ. އެހެން ނަމަވެސް، އެފަދަ އެއްވެސް ނަސީބެއް ލައިގަތް މީހަކު އަދި ނޭނގެ އެވެ.