ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ނަންބަރު 98 އަށް ސޮއްސާލައިފި

މިދިއަ 24 ގަޑިއިރުގެ ތެރޭ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 98 މީހެކެވެ. މިއީ މި ފަހުން 100 އިން ދަށުގައި ޕޮޒިޓިވް އަދަދު ހުރި ފުރަތަމަ ދުވަހެވެ. 98 މީހުނާއެކު ޕޮޒިޓިވްވި އަދަދު ތިރިއަށް ސޮއްސައިލުމުން މިހާރު ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 20,663 އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 78 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް 20 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. މިއަދު ހެދީ 4،318 ކޮވިޑް ޓެސްޓެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،613 މީހުންނެވެ. މިހާތަނަށް 17،823 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 161 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އައިސީޔޫގައި ތިން މީހަކަށް ފަރުވާ ދެމުންދާއިރު އެކަކު އޮތީ ވެންޓިލޭޓަރުގައެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވީ 55 ދިވެހިންނާއި 8 ބިދޭސީއެކެވެ. މި މަހު މިހާތަނަށް ކޮވިޑް ބަލީގައި 10 މީހަކު މަރުވެއްޖެ އެވެ. އަދި މިދިޔަ ޖަނަވަރީގައި ކޮވިޑް ބަލީގައި ހަތަރު މީހަކު މަރުވިއެވެ. މިއަދުވެސް ކޮވިޑްގައި މީހަކު ވަނީ މަރުވެފައެވެ.