ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބާރަށް

ބާރަށުން އިތުރު ތިން މީހަކު ޕޮޒިޓިވް، ނަންބަރު 25 އަށް

ހއ. ބާރަށުން މިހާތަނަށް 25 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ. މިއަދު އެ ރަށުން ވަނީ ތިން މީހަކު ޕޮޒިޓިވްވެފައެވެ.

ބާރަށުން ފުރަތަމަ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދުވަހު އެ ރަށުން ނުވަ މީހަކު ޕޮޒިޓިވްވިއެވެ. އެއީ މާލެއިން އެ ރަށަށް ގޮސް ހޯމް ކަރަންޓީންގައި ތިބި ބައެކެވެ. އެ މީހުންނަށް ބަލި ޖެހިފައިވާކަން އެނގުނީ ކަރަންޓީން މުއްދަތު ހަމަވުމުން ކުރި ޓެސްޓުންނެވެ.

އެ ކޭސްތަކާއި ގުޅިގެން ކޮންޓެކްޓުންގެ ސާމްޕަލް ނަގާ ޓެސްޓް ކުރުމުން އިތުރު ހަތަރު މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ މި މަހުގެ ދެވަނަ ދުވަހުއެވެ. އެ ފަހުން ބަލީގެ އަލާމަތް ހުރި މީހުންނާއި ކުރީގެ ޕޮޒިޓިވް ކޭސްތަކާއި ގުޅުންހުރި ބައެއް މީހުން ހިމެނޭހެން 158 މީހެއްގެ ސާމްޕަލް ނެގުމުން ނުވަ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެއީ މި މަހުގެ ފަސްވަނަ ދުވަހުއެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާއިރު މިހާތަނަށް 20،000 ވުރެ ގިނަ މީހުންނަށް ވަނީ ބަލިޖެހިފައެވެ.