ބޮލީވުޑް

ދިޕިކާ ހޮލީވުޑް ފިލްމެއް ކުޅެން ތައްޔާރު

Nov 1, 2015

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އޭނާ މިހާރު ކުޅެމުންދާ އެމެރިކަން ޓީވީ ޝޯ "ކުއަންޓިކޯ" އިން އޭނާގެ މަގުބޫލުކަން އެމެރިކާގައި ވެސް ބޮޑުވެ ވަނީ އޭނާގެ ކާމިޔާބީގެ ވަރަ މުޅި ދުނިޔެއަށް ފަތުރާލާފަ އެވެ.

"ކުއަންޓިކޯ"ގެ މިހާރު ދައްކަމުން އަންނަ އެޕިސޯޑްތަކުގައި ޕްރިޔަންކާ ދައްކުވާފައިވާ މޮޅު އެކްޓިންއަށް އޭނާއަށް ބޮލީވުޑްގެ ތަރިންނާއި ހޮލީވުޑްގެ ތަރިންގެ ވެސް އަންނަނީ ތައުރީފު ކުރަމުން އަންނައިރު، ޕްރިޔަންކާގެ ފަހަތުން ބޮލީވުޑްގެ އިތުރު ބަތަލާއެއް ވެސް އަންނަނީ ހޮލީވުޑް ފިލްމެއް ކުޅުމުގެ ހުވަފެން ދެކެވުންނެވެ.

ކާމިޔާބު ބަތަލާ ދިޕިކާ ޕަދުކޯން ކުރެން އޭނާގެ މިހާ ހިސާބަށް އައުމަށްކުރި ދަތުރާއި ބެހޭގޮތުން މިހާރު ކުރިއަށްދާ މުމްބައި ފިލްމު ފެސްޓިވަލްގައި ވާހަކަދައްކަމުން ވަނީ ހޮލީވުޑް ފިލްމެއް ކުޅެން ޝައުގުވެރިވާ ކަމަށާއި އަދި ހުޅަނގުގެ ފިލްމުތައް ވެސް ކުރިއަށްދާ ގޮތް ބަލަން ބޭނުންވާތީ މިހާރުވެސް ހޮލީވުޑް ފިލްމެއް ކުޅެން ތައްޔާރު ކަމަށެވެ.

"އަހަރެން ގަޔާވާ ކަހަލަ ހުށަހެޅުމެއް ލިބިއްޖެނަމަ އެހުށަހެޅުމެއް ގަބޫލުކުރާނަން، ލިބޭ ފުރުސަތުތަކުގެ ބޭނުންކޮށް އިތުރަށް ތަރައްގީވާން މަސައްކަތް ކުރަން ޖެހޭނެ." ރަނގަޅު އޮފާއެއް ލިބިއްޖެނަމަ ހޮލީވުޑް ފިލްމެއް ކުޅޭނެ ކަމަށް ބުނަމުން ދިޕިކާ ބުންޏެވެ.

މިއަހަރުގެ އެޕްރީލް މަހުގައި ނިކުތް ހޮލީވުޑް ފިލްމު "ފާސްޓް އެންޑް ފިއުރިއަސް 7" ގެ ރޯލެއް ކުޅެން ދިޕިކާ އަށް ހުށަހެޅުމެއް ލިބުނު ނަމަވެސް އޭނާ ވަނީ އޭރުކުޅެމުން ދިޔަ ސަންޖޭ ލީލާ ބަންސާލީގެ "ރާމް ލީލާ"ގެ ޝޫޓިން ނުނިމޭތީ ވަނީ އެހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ.

"ފާސްޓް އެންޑް ފިއުރިޔަސް" ކުޅެން ލިބުނު ފުރުސަތު ދޫކޮށްލަން ޖެހުނަސް އެކަމާ ދެރަނުވާ ކަމަށް ވެސް ދިޕިކާ ވަނީ ބުނެފަ އެވެ.

މިހާތަނަށް ދިޕިކާ ކުޅުނު ފިލްމުތަކަށް ބޮޑު ކާމިޔާބީތައް ލިބި، އޭނާ އަށް މިހާރު އާދެވިފައި އިން ހިސާބުން މަޝްހޫރު ތަރިއަކަށް ވިޔަސް އޭނާ ބަދަލު ނުވާކަމަށް ބުނަމުން ދިޕިކާ ވަނީ އޭނާ ގޭތެރޭގެ ކަންތައްތަކުގައި އެހީވާ ކަމަށާއި އެގޮތުން ތަށި ދޮވުން ކަހަލަ ކަންތައް މިހާރުވެސް ކުރާ ކަމަށެވެ.

މިހާރު ވެސް އޭނާއަށް އެފަދަ ކަންތައް ކުރެވެނީ އޭނާ ކާމިޔާބު ތަރިއަކަށް ވުމުން، އާއިލާގެ މީހުންނަށް ބަދަލުތަކެއް ނާންނާތީ ކަމަށް ދިޕިކާ ބުންޏެވެ.

މިފެސްޓިވަލްގައި ދައްކާލި ވީޑިއޯ މެސެޖެއްގައި ދިޕިކާގެ ލޯބިވެރިޔާ ކަމަށް ބުނާ ރަންވީރު ސިންގް ވެސް ވަނީ ދިޕިކާގެ ކާމިޔާބާމެދު އޭނާ އުފާކުރާ ކަމަށް ބުނެފަ އެވެ. އަދި ރަންވީރު ވަނީ ދިޕިކާ ހޮލީވުޑްގެ ފިލްމެއް ކުޅެން ޖެހޭ ކަމަށްވެސް ބުނެފަ އެވެ.